ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ވާދަވެރިއަކު ނެތުމުން އެމްޑީޕީގެ ރައީސް މަގާމު ޝާހިދަށް ލިބިއްޖެ
އައިމިނަތު ޝިޔާޒާ
20 ފެބުރުއަރީ 2024 - 17:05
0
comments
Tweet
Telegram
އެމްޑީޕީގެ ރައީސް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކަނި ކުރިމަތިލެއްވުމުން، އިންތިހާބަކާ ނުލައި އެ މަގާމު އޭނާ އަށް ލިބިވަޑައިގެންފި އެވެ.
ބައި ލައްކައެއްހާ މެންބަރުން ތިބި އެމްޑީޕީގެ ރައީސް މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި، ކުރީގެ ރައީސް މުހަންމަދު ނަޝީދު ޖޫން 21، 2023 ގައި ޕާޓީން ވަކިވުމުންނެވެ. މިއަދާ ހަމައަށް، ޕާޓީގެ ރައީސް މަގާމު ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެމްޑީޕީން ކުޑައިރުކޮޅެއް ކުރިން ޖެހި އިއުލާނެއްގައި ބުނީ އެޕާޓީގެ ރައީސްކަމަށް ކުރިމަތިލާން ހުޅުވައިލި މުއްދަތު ހަމަވިިއިރު އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލީ ޝާހިދު އެކަނި ކަމަށް ވާތީ އިންތިހާބަކާ ނުލައި އޭނާ އެމަގާމަށް ހޮވިފައިވާ ކަމަށެވެ.
ޝާހިދުއަކީ ރައީސް ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނާއި އެންމެ ގާތުން މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެ ސަރުކާރުގެ އެންމެ ބޮޑު ހާރިޖީ ކާމިޔާބީގެ ގޮތުގައި ސިފަކުރާ އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތުވެސް ޝާހިދު ވަނީ ބަލަހައްޓަވައިފައެވެ.
ޝާހިދަކީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި ވެސް ފޮރިން މިނިސްޓަރުގެ މަގާމު ދެ އަހަރު ދުވަހު އަދާ ކުރެއްވި ބޭފުޅެކެވެ.
ރައްޔިތުންގެ މަޖިލީހުގައި، ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ކަމުގެ އިތުރުން ވ. އަތޮޅުގެ މެންބަރުކަމާއި، ކެޔޮދޫ ދާއިރާގެ މެންބަރު ކަމާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު ކަން އޭނާ ކުރެއްވި އެވެ. ކެޔޮދޫ ދާއިރާގެ މެންބަރަކަށް ހުންނެވި ދައުރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ޝާހިދު ފުރުއްވިއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
5 ދުވަސް ކުރިން
0
މައިނޯރިޓީއަށް އިހުތިރާމްކުރާނަން: ސަލީމް
6 ދުވަސް ކުރިން
0
ދެން ތިބޭނީ ސަރުކާރު ޖަވާބުދާރީ ކުރުވާ ޕާޓީއެއްގެ ގޮތުގައި: އެމްޑީޕީ
8 ދުވަސް ކުރިން
0
ޕާޓީ ކެންޑިޑޭޓް ކެމްޕެއިންނަށް އެމްޑީޕީ ލީޑަޝިޕުން ނައީ ކީއްވެ..!؟
13 ދުވަސް ކުރިން
0
އިންތިހާބާ ދިމާކޮށް ނުފޫޒު ފޯރުވާތީ އެޗްއާރްސީއެމްއިން ކަންބޮޑުވުން ފާޅުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޔާމީނުގެ ރިޔާސަތުގައި ޕީއެންއެފްގެ ފުރަތަމަ ސެނެޓް ބާއްވައިފި
27 މިނެޓް ކުރިން
0
ރަސްމީ ދަތުރުފުޅެއްގައި ވަޒީރު މޫސާ ޒަމީރް ސައުދީގައި
52 މިނެޓް ކުރިން
0
ޔުނިވާސިޓީގެ މެޑިސިން ކިޔަވާ ދަރިވަރުންނަށް ދެރަގޮތެއް ނުވާނެ: ސަރުކާރު
12 ގަޑިއިރު ކުރިން
0
ދިގު މުއްދަތަށް ހިދުމަތްކުރާ ސިފައިންނަށް ގެދޮރުވެރިކަން ދެނީ
12 ގަޑިއިރު ކުރިން
0