ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ގެރެންޓީއަކާ ނުލައި އެޑްވާންސް ފައިސާ ދެވޭ ގޮތަށް މާލިއްޔަތު ގަވާއިދު އިސްލާހުކޮށްފި
އިސްމާއިލް ރިޒާ
05 ޖެނުއަރީ 2022 - 16:32
0
comments
Tweet
Telegram
މަޝްރޫއުތައް ހިންގާ އިރު އެޑްވާންސަށް ފައިސާ ދޫކުރާނީ ގެރެންޓީއެއް ބެހެއްޓުމަށް ފަހު ކަމަށް މާލިއްޔަތު ގަވާއިދަށް 2020ގައި ގެނައި އިސްލާހު ބަދަލުކޮށް، ސަރުކާރުގެ ކުންފުނިތަކަށް ލުޔެއް ދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
މާލިއްޔަތު ގަވައިދުގެ އެޑްވާންސް ފައިސާ ދޫކުރުމުގެ އުސޫލަށް ބަދަލު ގެނެސްފައިވަނީ 2020 ވަނަ އަހަރު ވެންޓިލޭޓަރުތައް ގެނައުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރި ހިސާބުންނެވެ. އޭރު ފައިސާ ދޫކުރަން ޖެހޭނީ ޕާފޯމަންސް ގެރެންޓީއެއް ބަހައްޓާފައި ކަމަށް އޮތަސް ވެންޓިލޭޓަރަށް އެޑްވާންސް ފައިސާ ދޫކުރީ އެ އުސޫލާ ހިލާފަށެވެ.
މާލިއްޔަތު ގަވައިދަށް ގެނައި ހަވަނަ އިސްލާހު ގެޒެޓްކޮށް އިއްޔެ ވަނީ އަމަލުކުރަން ފަށާފަ އެވެ.
އިސްލާހުގައި ބުނެފައިވަނީ ބީލަމަށް ނުލާ ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތަކަށް އެޑްވާންސަށް ފައިސާ ދިނުމުގައި ފިނޭންސް މިނިސްޓަރުގެ ހުއްދައާ އެކު އެޑްވާންސް ޕޭމަންޓް ގެރެންޓީ އެއް ނެތި ފައިސާ ދޫކުރެވިދާނެ ކަމަށެވެ.
މާލިއްޔަތު ގަވައިދުގެ 10.67 ގައި އެޑްވާންސަށް ފައިސާ ދޭނެ މިންގަނޑުތައް ބަޔާންކޮށްފައިވެ އެވެ. އެގޮތަށް ފައިސާ ދޫކުރަނީ، އެގައިދުގައިވާ ގޮތުން ޕްރޮކިއުމަންޓެއްގެ އަގުގެ 250،000ރ އަށްވުރެ ބޮޑެތި އަދަދުތައް ހިމެނޭ މަޝްރޫއުތަކެވެެ. އަދި ހާއްސަ ހާލަތެއްގައި މެނުވީ، އެގޮތަށް ދޫކުރެވެނީ މަސައްކަތުގެ ޖުމްލަ އަގުގެ %15 އަށްވުރެ ބޮޑު ނުވާ އަދަދަކަށް ކަން ގަވައިދުގައި ބުނެ އެވެ.
މިގޮތަށް ފައިސާ ދޫކުރެވޭނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ.
ޖުމްލަ އަގުގެ %15އަށް ވުރެ ބޮޑުކޮށް އެޑްވާންސަށް ފައިސާ ދެވޭނެ ހާއްސަ ހާލަތަކީ، ގައުމީ ސަލާމަތާ ގުޅޭ ކަމެއް ނުވަތަ އިމަޖެންސީ ހާލަތެއްގައި ރައްޔިތުންގެ ގިނަ ބަޔަކަށް ހިދޔމަތް ދޭން ޖެހޭ ފަދަ ކަމެއްގައި އެގޮތަށް އެކަން ކުރަން ޖެހޭ ސަބަބު ބަޔާންކޮށް، މިނިސްޓްރަށް ހުށަހަޅައިއި، މިނިސްޓަރުގެ ހުއްދަ ލިޔުމަކުން ލިބިގެން ކަމަށްވެސް ގަވައިދުގައި ބުނެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
ފިނޭންސްގެ އެޑްވައިޒަރަކަށް ހުންނެވި ނަސީރު ފޮރިން މިނިސްޓްރީ އަށް ބަދަލުކޮށްފި
30 ދުވަސް ކުރިން
0
ކުންފުނިތަކަށް ޕީސީބީން އެވޯޑެއް ދޭން ނިންމައިފި
2 މަސް ކުރިން
0
މިދިޔަ މަހު މީރާ އަށް 2.3 ބިލިއަން ރުފިޔާ ބަލައިގެންފި
2 މަސް ކުރިން
0
ރޯދަ ހަދިޔާ ދޭންވާނީ ކޭޝްފުލޯއަށް އަސަރުނުކުރާ ވަރަށް: ޕީސީބީ
ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ވިޔަފާރި ރެޖިސްޓްރޭޝަން މަރުހަލާ އަވަސްކުރަން ޕޯޓަލްއެއް
9 ގަޑިއިރު ކުރިން
0
އޯއައިސީ ސަމިޓްގައި ރައީސްގެ މަންދޫބެއްގެ ގޮތުން ޑރ. ޝަހީމް
9 ގަޑިއިރު ކުރިން
0
ތިލަފުށީ ދެ ފިޔަވަހިން ދިވެހިންނަށް އަނެއްކާ ވެސް ބިން ވިއްކަނީ
9 ގަޑިއިރު ކުރިން
0
ޑރ. ރަމްޝާ ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
9 ގަޑިއިރު ކުރިން
0