ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ވަގު ފައިސާ ލިބުނު މީހުން އެންމެ ގިނައީ އެމްޑީޕީގައި: އުޝާމް
އިސްމާއިލް ރިޒާ
08 ޖެނުއަރީ 2022 - 14:00
0
comments
Tweet
Telegram
އެމްއެމްޕީއާރްސީގެ ވަގު ފައިސާ ލިބުނު މީހުން އެންމެ ގިނައިން މިހާރު ވެސް ތިބީ އެމްޑީޕީ އާއި މި ސަރުކާރުގައި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ރައީސް ސާލިހަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ކޮމަންޑޫ ދާއިރާގެ މެންބަރުގެ ކެމްޕެއިން ޖަލްސާއެއްގެ ތެރެއިން ރައީސް ރޭ ވިދާޅުވީ އެ ދާއިރާގެ މެންބަރުން ވޯޓު ދޭން ވާނީ ޑްރަގުގެ ވިޔަފާރި އާއި ދައުލަތުގެ ފައިސާ އިން މަނީ ލޯންޑާ ކުރާ ފަރާތްތަކާ ދެކޮޅަށް ކަމަށެވެ. އަދި ބަޣާވާތާ ވެސް ދެކޮޅަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"ތިބޭފުޅުން ވޯޓު ދެއްވަން ވާނީ ޑްރަގް ވިޔަފާރިއާ ދެކޮަޅަށް. އަދި ވަގު ވިޔަފާރިއާ ވެސް ދެކޮޅަށް. ދައުލަތުގެ ފައިސާ އިން މަނީ ލޯންޑާ ކުރުމާ ދެކޮޅަށް އަދި ބަގާވާތާ ވެސް ދެކޮޅަށް،" ރައީސް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އުޝާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެރިކަން ހޯދަން އުޅުނު އިރު ބަޣާވާތާއި މަނީލޯންޑަރިން އަދި އެމްއެމްޕީއާރްސީގެ ވަގު ފައިސާ ވެސް އޯކޭ ކަމަށެވެ.
"ބަޣާވާތުގެ ބައިވެރިންނާއި އެމްއެމްޕީއާރުސީގެ ވަގު ފައިސާ ލިބުނު މީހުން އެންމެ ގިނައިން މިހާރުވެސް ތިބީ މަނިކުފާނުގެ ޕާޓީއާއި މަނިކުފާނުގެ ސަރުކާރުގައި" އުޝާމް ވިދާޅުވިއެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ ފެބްރުއަރީ 7، 2012 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި ފުލުހުންނާއި ސިފައިންގެ ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.
ރައީސް ނަޝީދުއާއި އެމަނިކުފާނުގެ ސަޕޯޓަރުން ގަބޫލު ކުރަނީ އެއީ "ބަޣާވާތެއް" ކަމުގައެވެ. ނަމަވެސް މިސަރުކާރުގައި ރައީސް ސޯލިހްގެ އިސް ސިޔާސީ ލަފާދާރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ރައީސް ނަޝީދުގެ ވެރިކަން މަގުމަތިން ވައްޓާލަން ފާޅުގައި ނިކުންނެވި އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްއާއި، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ. އަދި ވަކިން ހާއްސަކޮށް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާ ދެކޮޅަށް "ބަޣާވާތް" ކުރި ކަމަށް އެމްޑީޕީން ބުނާ މިހާރުގެ އެމްއެންޕީގެ ލީޑަރު އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް އެވެ.
އެހެން ކަމުން ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވިދާޅުވަނީ ރޭ ރައީސް ސޯލިހް އަށް 7
ފެބްރުއަރީ
ގެ "ފަސްމަންޒަރު" އޮޅިފައިވާ ކަމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
19 ދުވަސް ކުރިން
0
އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކޮށް ލަސްކުރުމަކީ ޑިމޮކްރަސީއަށް އެޅޭ ހުރަހެއް: ސޯލިހު
20 ދުވަސް ކުރިން
0
ސަރުކާރު ޖަވާބުދާރީކުރުމަށް ކުރާ މަސައްކަތުގައި ފަހަތަށް ނުޖެހޭނަން: ސޯލިހު
23 ދުވަސް ކުރިން
0
ޕީއެންއެފް އުފައްދާ ޖަލްސާއަށް ސަރުކާރުން ހުރަސް އެޅުމުން ކަންބޮޑުވޭ: ސޯލިހު
27 ދުވަސް ކުރިން
0
ސަރުކާރު އައިއިރު މަޝްރޫއުތައް ހުރީ ހުއްޓިފައި: ރައީސް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ވިޔަފާރި ރެޖިސްޓްރޭޝަން މަރުހަލާ އަވަސްކުރަން ޕޯޓަލްއެއް
6 ގަޑިއިރު ކުރިން
0
އޯއައިސީ ސަމިޓްގައި ރައީސްގެ މަންދޫބެއްގެ ގޮތުން ޑރ. ޝަހީމް
6 ގަޑިއިރު ކުރިން
0
ތިލަފުށީ ދެ ފިޔަވަހިން ދިވެހިންނަށް އަނެއްކާ ވެސް ބިން ވިއްކަނީ
6 ގަޑިއިރު ކުރިން
0
ޑރ. ރަމްޝާ ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
7 ގަޑިއިރު ކުރިން
0