ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ކޮމަންޑޫގެ ފުޓްބޯޅަ ދަނޑު ހެދުމުގެ އަަމަލީ މަސައްކަތް ފަށައިފި
އަލީ ރާޒީ
15 ޖެނުއަރީ 2022 - 00:56
0
comments
Tweet
Telegram
ށ. ކޮމަންޑޫގެ ފުޓްބޯޅަ ދަނޑު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މިމަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙުމަދު މަހުލޫފް ފައްޓަވައިދެއްވައިފިއެވެ.
ކޮމަންޑޫގައި ހަދާ ފުޓުބޯޅަ ދަނޑަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީގެ ސީއެސްއާރްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
ށ.ކޮމަންޑޫ ފުޓުބޯޅަ ދަނޑުގެ ޢަމަލީ މަސައްކަތުގެ ފެށުން އިފްތިތާޙުކޮށްދެއްވުމަށް، ޔޫތް މިނިސްޓަރ އަޙުމަދު މަޙުލޫފުވަނީ ދަނޑު ހަދާ ސަރަޙައްދުގެ ފަސްގަނޑު އެއްވަރުކުރުމުގެ މަސައްކަތް ފައްޓަވައިދެއްވާފައެވެ.
މި މަސައްކަތުގައި ހިމެނެނީ، ށ. ކޮމަންޑޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް އެޅުމާއި ޓާރފް އެޅުމުގެ މަސައްކަތެވެ. މިއީ އެމްޓީސީސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތެކެވެ.
އެމްޓީސީސީން ވަނީ ވޭތުވެދިޔަ އަހަރުތަކުގައި، ތަފާތު ރޮނގުރޮނގުން އިޖްތިމާޢީ ޒިންމާ އަދާކޮށްދީފައެވެ. ކުންފުނީގެ އަމާޒަކީ ކުންފުނިން ކުރިއަށްގެންދިޔަ އެހެނިހެން މަޝްރޫއުތަކެކޭ އެއްފަދައިން ކޮމަންޑޫގެ ފުޓުބޯޅަ ދަނޑުގެ މަޝްރޫއުވެސް ކާމިޔާބުކަމާއެކު ނިންމާލައި ސަރުކާރާ ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ހަވާލުކުރުންކަމަށް އެމްޓީސީސީން ބުނެއެވެ.
ދަނޑުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙުމަދު މަޙުލޫފް ވިދާޅުވީ މިއީ ފެންނަ ފެނުމަށް ކުޑަ މަސައްކަތެއް ނަމަވެސް، މިއީ ދަނޑެއްގެ އިންތިޒާރުގައި ތިބި ރަށެއްގެ ރައްޔިތުންނަށް ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. ބޮޑެތި ޓަރފް ދަނޑުތައް ރަށްރަށުގައި ހަދަން ފެށީ މި ސަރުކާރުން ކަމަށާއި، މިހާތަނަށްވެސް 25ދަނޑު ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މިއީ ބިން ކުޑަ، މަގުތައް ކުދި ރަށެއް. ފުޓުބޯޅާފަދަ ކުޅިވަރެއް ކުޅެލާނެ ޖާގައެއް ނެތް. މިއީ ކުޅިވަރަށް ލޯބިކުރާ ޒުވާނުންނަށް އުފާވެރި ދުވަހެއް. އަދި ކުޅިވަރުގެ ދާއިރާއަށް މީހުން ބިނާކުރުމަށްވެސް ކުރެވޭ މުހިންމު މަސައްކަތެއް." މިނިސްޓަރ ވިދާޅުވިއެެވެ.
"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިއަދު މިކުރާ މަސައްކަތަކީ ތަފާތުކުރުމެއް ވެސް ނެތި ވަރަށް ބާރު ސްޕީޑުގައި ކުރާ މަސައްކަތްތަކެއްކަން ހަގީގަތް ގަބޫލުކުރައްވާ ހުރިހާ ރައްޔިތުން ގަބޫލު ކުރައްވާނެ،"
Tweet
Telegram
ގުޅުންހުރި ލިޔުންތައް
7 ދުވަސް ކުރިން
0
އެމްޓީސީސީއަށް ފުރަތަމަ ކުއާޓަަރުގައި 664 މިލިއަން ރުފިޔާގެ އާމްދަނީއެއް
24 ދުވަސް ކުރިން
0
ނ، ރ، އަދި ބ އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ފަށަނީ
1 މަސް ކުރިން
0
އެމްޓީސީސީން ބުނި ބަސް: 2023 ވަނަ އަހަރު އަލިފުއްޓަށް ފްލައިޓް ޖައްސާނެ
2 މަސް ކުރިން
0
ހުޅުމާލޭގައި އިމާރާތްކުރާ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އާ އިމާރާތުގެ ބިންގާ އަޅައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އެސްޓީއޯ ސްމާޓް ސްޓޯރުން މިހާރު 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ
8 ގަޑިއިރު ކުރިން
0
ގާފަރު ފަޅުން 16 ރަށް ހިއްކަން ހަވާލުކޮށްފި
8 ގަޑިއިރު ކުރިން
0
ތެލަސީމިއާ ހުރި ކޮންމެ ކުއްޖަކާމެދު ހިތްތަކުގައި ވަނީ ލޯތްބާ އޯގާތެރިކަން: ރައީސް
9 ގަޑިއިރު ކުރިން
0
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 ގައި
9 ގަޑިއިރު ކުރިން
0