ވިޔަފާރި
ދިރާގުގެ ފައިބަ އިންޓަނެޓާއި ޓީވީގެ ހިދުމަތް ވޭވަށުގައި ތައާރަފްކޮށްފި
ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމުގެ ދަށުން ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓްގެ ހިދުމަތް މ. ވޭވަށުގައި ރަސްމީކޮށް ދޭން ފަށައިފިއެވެ.

ދިރާގު ޓީވީ އާއި ފައިބާ ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ވޭވަށުގައި ތައާރަފުކޮށްފައި ވަނީ އެ ރަށުގެ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކަކާ އެކު އެވެ. އެގޮތުން:

  • ފައިބާ ބްރޯޑްބޭންޑް ޕެކޭޖަކަށް އެދޭ އެ ރަށުގެ ކަސްޓަމަރުންނަށް ހިލޭ ކަނެކްޝަން ގުޅައިދީ، ރައުޓާ ވެސް ހިލޭ ދޭނެ
  • ދިރާގު ޓީވީއަށް އެދޭ އެ ރަށުގެ ކަސްޓަމަރުންނަށް ވެސް ހިލޭ ކަނެކްޝަން ގުޅައިދީ، ޑީކޯޑަރު ވެސް ހިލޭ ދޭނެ
ދިރާގުން ބުނީ މިއީ އެންމެ ހަލުވި ސްޕީޑް އާއިއެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ޚިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރ ނެޓްވޯކްއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 85 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 90 ރަށެއް ހިމެނެއެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދު ވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން، އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށް ދިރާގުން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު