ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އަޒުހާން ކަމަށް ބެލެވޭ މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި
އިސްމާއިލް ރިޒާ
02 އޮކްޓޫބަރ 2022 - 20:27
0
comments
ގެއްލިގެން ހޯދަމުންދިޔަ މުހައްމަދު އަޒްހާން
Tweet
Telegram
ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން ދަނިކޮށް ހ. ބޮނޑިކަނދޮޅުގޭ، މުޙައްމަދު އަޒުހާން، 27، ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު މަރުވެފައި އޮއްވާ ފެނިފައިވާތީ، އެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ.
ފުލުހުން މިހާރު ބާއްވާ މީޑިއާ ބްރީފިންގައި ބުނީ، އަޒްހާންގެ ހަށިގަނޑު ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. ސީން އަދި ޕްރޮސެސް ނުކުރެވޭ ކަމަށާއި މާދަމާ ސީން ޕްރޮސެސްކޮށް އިތުރު މައުލޫމާތު ދެވޭނެ ކަމަށް ފުލުހުން ބުނެ އެވެ.
މިއަދު ފެނުނު ހަށިގަނޑު އޮތީ "ހައިލީ ޑިކޮމްޕޯސް ސްޓޭޖެއް" ގައި ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ މަރުގެ މި މައްސަލައިގައި އިތުރު ބަޔަކު ޝާމިލުވޭތޯ ބަލަމުންދާނެ ކަމަށެވެ. ނަމަވެސް އަދި އެއްވެސް މީހަކަށް ތުހުމަތު ނުކުރާ ކަމަށްވެސް ބުންޏެވެ.
އޭނާ ވިދާޅުވީ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެފައިވާތީ، ހަށިގަނޑުގައި އެއްވެސް ޒަހަމްތަކެއް ހުރި ކަމަށް ބުނަން އަދި ދަތި ކަމަށެވެ.
އެ މައުލޫމާތު ޔަގީން ކުރެވޭނީ ޕޯސްޓްމޯޓަމްއަށް ފަހު ކަމަށާއި، ޕޯސްޓްމޯޓަމް ހަދާނެކަން އަޒްހާންގެ އާއިލާއަށް ވެސް އަންގާފައިވާނެ ކަމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ޑިޕާޓްމެންޓުގެ ސުޕްރިޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިއީ ތަހުގީގު ފުރަތަމަ މަރުހަލާ ކަމުން އެކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު މިވަގުތު ދިނުމަކީ އުނދަގޫ ކަމެއް ކަމަށާއި މާދަމާގެ ވަގުތެއްގައި އިތުރު މައުލޫމާތު ދެވޭ ވަރުވާނެ ކަމަށެވެ.
ހަށިގަނޑު ފެނުނު ސަރަހައްދުން ފޯނު ފެނިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެ އެވެ. މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނުނީ މިއަދު ހަވީރު 5:45 ހާއިރު ހުޅުމާލެ ނިރޮޅުމަގު، ވޯޓާ ތީމް ޕާކް ހަދަމުންދާ ސަރަހައްދުންނެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ ސެޕްޓެމްބަރު 19، ގެ ރޭގަނޑު 7:00 ގަ އެވެ. އޭނާ ހޯދަމުންދާތާ މިއަދަށް 14 ދުވަސްވެފައިވާއިރު، މިރޭ ފެނުނު ހަށިގަނޑު މިހާރު ވަނީ މޯޗަރީއަށް ގެންގޮސްފަ އެވެ.
އަޒްހާން އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލޭ ރެޑްބުލް ޕާކު ކައިރިން ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ.
އަޒްހާނަކީ އޭނާގެ މަންމަ އާއި ބައްޕަގެ ދެ ދަރިންގެ ތެރެއިން ފިރިހެން ކުއްޖާ އެވެ. އޭނާގެ ދޮއްޓަށް ހުންނަނީ ދައްތަ، ފާތުމަތު އަޒްމީ އަހްމަދެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ގަޑިއިރު ކުރިން
0
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތެރޭގައި މާރާމާރީ ހިންގި ބިދޭސީއަކު ހައްޔަރުކޮށްފި
1 ދުވަސް ކުރިން
0
ފުލުހުންގެ ބޭނުމަށް ބިދޭސީން ހޯދަން ކުރި އިއުލާން ބާތިލުކޮށްފި
3 ދުވަސް ކުރިން
0
ޓޫރިސްޓް ދެމަފިރިން ގެނބެމުން ދިޔަ ރިސޯޓް މުވައްޒަފަކު ސަލާމަތްކޮށްފި
4 ދުވަސް ކުރިން
0
ސިހުރު ހެދި މީހާގެ ބަންދަށް 15 ދުވަސް
ކިޔުންތެރިންގެ ޝުއޫރު
0%
50%
50%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސަފީރުކަމަށް އައްޔަންކުރެއްވި 9 ބޭފުޅަކަށް ފަތްކޮޅު އަރުވައިފި
3 ގަޑިއިރު ކުރިން
0
އިންޑިއާ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު ހިއްސާއެއް: ފައިސަލް
3 ގަޑިއިރު ކުރިން
0
މަގުމައްޗަށް ކުނި އެޅި 185 މީހުން މިހާތަނަށް ޖޫރިމަނާ ކޮށްފި
3 ގަޑިއިރު ކުރިން
0
ޢުމްރާއަށް މީހުން ގެންދަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި
4 ގަޑިއިރު ކުރިން
0