ޚަބަރު
ބ.ހިތާދޫ ގޮނޑުދޮށް ޙިމާޔަތް ކުރުން އެމްޓީސީސީއަށް
ހިތާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެއްބަސްވުމުގައި މިއަދު ސޮއިކުރަނީ
ބ. ހިތާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ޙުސައިން މޫސާއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޕާމަނަންޓް ސެކްރެޓަރީ، ޒީނިޔާ ޙަމީދެވެ.

ހިތާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުން:

  • ރަށުގެ އިރުމަތީ ފަރާތުން ގިރާ ސަރަހައްދުގައި 200 މީޓަރު ބޮޑުހިލައިގެ ފަސް ގްރޮއިން ލުން އަދި 30 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންއެއް ލުން.

  • ރަށުގެ ދެކުނާއި ހުޅަނގު ފަރާތުން ގިރާ ސަރަހައްދުގައި 350 މީޓަރު އަދި 260 މީޓަރުގެ ޖިއޯ-ބޭގް ރިވެޓްމަންޓް ޖެހުން.

  • މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 16.96 މިލިއަން ރުފިޔާ ހަރަދުކުރޭ.

  • މި މަސައްކަތް ނިންމަން ދިނީ 180 ދުވަސް.

އެމްޓީސީސީން މިހާރު ވެސް އަންނަނީ ވަރަށް ގިނަ ރަށްރަށުގެ ބަނދަރު ބޮޑުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު