ޚަބަރު
މޫނު ބުރުގާ އަޅައިގެން ކިޔަވާ ދެވޭ ގޮތަށް އިސްލާހު ގެނެސްފި
މޫނު ބުރުގާ އަަޅައިގެން ސްކޫލްތަކުގައި ކިޔަވައި ނުދޭ ގޮތަށް އެޑިއުކޭަޝަން މިނިސްޓްރީން ހެދި އުސޫލު ބަދަލުކޮށްފި އެވެ.

މުދައްރިސުންގެ ސުލޫކީ މިންގަނޑާ އުޅޭ އުސޫލު ގެޒެޓްކޮށް އަމަލުކުރަން ފެށީ ޖުލައި މަަހުން ފެށިގެންނެވެ.

އެ މިންގަނޑުގައި ބުނެފައި ވަނީ މޫނު ދަރިވަރުން މުއާމަލާތް ކުރާއިރު ހުންނަން ވާނީ ތިމާއަކީ ކާކުކަން އެނގޭ ގޮތަށް ކަމަށެވެ.

އާ އުސޫލުގައިވާ ގޮތުން، މޫނުބުރުގާ އެޅި ޓީޗަރުން، ކާކުކަން އަންގައިދޭން އަޅަން ޖެހޭނީ ސްޓާފް ކާޑެވެ. އަދި މޫނު ބުރުގާ ނަގައިގެން ހުންނަން ޖެހޭނީ މޫނު ހާމަކުރަން އެކަށީގެންވާ މާހައުލެއްގައި އުމުރުން 10 އަހަރު ނުވާ ދަރިވަރުންނަށް ކިޔަވައިދޭ އިރުގައި އެެކަންޏެވެ.

ވެރިކަންކުރާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ބުނި ގޮތުގައި ސަރުކާރުން އެ ބަދަލު ގެނައީ އެ ޕާޓީން އެދިގެންނެވެ. އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އިސްލާމީ ހެދުމުގައި ވަޒީފާ އަދާކުރުމަށް އޮތް ފުރުސަތާމެދު އަރާފައިވާ އޮޅުން ފިލާނޭހެން އުސޫލު އިސްލާޙުކުރެއްވި ކަމަށްޓަކައި" ޝުކުރުއަދާކުރައްވާ ކަމަށެވެ.

"...ޢަދާލަތު ޕާޓީން ހުށަހެޅިގޮތަށް ތައުލީމީ ދާއިރާގައި ތިއްބެވި ނިޤާބުކުރައްވާ އުޚުތުންނަށް އިސްލާމީ ހެދުމުގައި ވަޒީފާ އަދާކުރުމަށް އޮތް ފުރުސަތާމެދު އަރާފައިވާ އޮޅުން ފިލާނޭހެން އުސޫލު އިސްލާޙުކުރެއްވި ކަމަށްޓަކައި މިނިސްޓަރް ޑރ. އައިޝަތު އަލީ އަށާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

މޫނު ބުރުގާ އަޅައިގެން ސްކޫލްތަކުގައި މަސައްކަތް ނުކުރެވޭ ގޮތަށް އުސޫލު ހެދުމުން، އެތައް ބަޔަކު އައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަން ބޮޑުވުންތަކާ އެކު ބައެއް އިހުތިޖާޖްތައް ވެސް ކުރި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު