ކުޅިވަރު
ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ފުލުހުން އެފްއޭއެމްއަށް ވަދެއްޖެ
އެފްއޭއެމްގެ ރައީސް ބައްސާމު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ބޭރުން ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ފުލުހުން އެމްއޭއެމް އަށް ވަދެ ފާސްކުރަން ފަށައިފި އެވެ.

ފުލުހުން މި ވަގުތު އެފްއޭއެމް ގައި ހަރަކާތްތެރިވަމުންދާ ކަން އެ އިދާރާ އިން ވެސް ވަނީ ޔަގީން ކޮށްދީފައެވެ. ފުލުހުން އެފްއޭއެމަށް ވަދެފައި ވަނީ އެ އެސޯސިއޭޝަނަށް ބޭރުން ލިބުނު ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެއްގައެވެ.

ފުލުހުން ބުނީ އެފްއޭއެމްގެ މާލީ މުއާމަލާތްތަކާއި ގުޅޭ ޖިނާއީ ތަހުގީގެއް ހިނގަމުންދާ ކަމަށެވެ. އެ ތަހުގީގު ހިނގަމުންދަނީ ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުގެ އެންގުމަކަށެވެ.

"ދިވެހިރާއްޖެއާ މުއާމަލާތްކުރާ ބައިނަލްއަގުވާމީ އިދާރާތަކުން، ވަކި ހަމަތަކާއި އުސޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ، އެ ކަމަށް ދިވެހިރާއްޖޭގައި ހެދިފައިވާ އުސޫލުތަކާއި ގާނޫނުތަކާ ހިލާފަށް، ކުށްކުރުމަށް ނުވަތަ ކުށްކުރުމަށް ފަހިވާ ގޮތަށް ބޭނުންކުރެވޭކަމުގެ ތުހުމަތެއް އޮތުމަކީ ޕްރޮސިކިއުޓާ ޖެނެރަލް ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ." އެ އޮފީހުން ބުންޏެވެ.

އެފްއޭއެމަށް ފުލުހުން ވަނީ އެ ތަހުގީގަށް ހެކި ހޯދުމަށް ކަމަށް ފުލުހުން ބުންޏެވެ. އެފްއޭއެމަށް ވަނީ ކޯޓުން އަމުރެއް ވެސް ހޯދަައިގެންނެވެ.  

އެފްއޭއެމްގެ އޮފީހަށް ފުލުހުން ވަދެ އެތަން ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، އެ އިދާރާ އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފަ އެވެ. އެފްއޭއެމް ހިންގަމުން އަންނަނީ ތަނުގެ މުވައްޒަފުންނާއި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ވެސް ނުދީ އެވެ.

އޭގެ އިތުރުން ދަރަންޏަށް ހޯދާފައި ހުރި ހިދުމަތްތަކާއި ގަނެފައިވާ މުދަލަށް ވެސް ފައިސާ ނުދައްކާ އެތައް މައްސަލައެއް ފެންމަތިވެފައިވެ އެވެ. އަދި އެހީގެ ގޮތުގައި ކުޅުންތެރިންނަށް ހަދިޔާ ކުރަން މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ ދިން 500،000ރ. އާއި އެސްޓީއޯއިން ދިން 500،000ރ. އާއި ދިރާގުން ދިން 100،000ރ. ވެސް އެފްއޭއެމްއިން ކުޅުންތެރިންނާ ހަވާލުކޮށްފައެއް ނުވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު