ޚަބަރު
ވިހަ ކެމިކަލްތަކެއް ހިމެނޭ ޕާކިސްތާނުގެ ބޭސްތަކެއް ރާއްޖޭގައި މަނާކޮށްފި
ބޭނުންކުރުން މަނާކުރަން އެންގި ބޭސް --
ރާއްޖެ، އެތެރެކޮށް ބޭނުންކުރާ، ޕާކިސްތާނުގެ ކުންފުންޏަކުން އުފައްދައި ބޭސްތަކެއްގައި ނުރައްކާތެރި ކެމިކަލްތަކެއް ހުރުމުން އެ ބޭސްތައް ބޭނުން ކުރުން ހުއްޓައިލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު އަންގައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނީ މި ކުންފުނީގެ ބޭސްތައް ރާއްޖޭގައި މަނާ ކޮށްފައި ވަނީ އެ ބޭހުން ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލައިން ގްލައިކޯލް އާއި އިތައިލީން ގްލައިކޯލް ހިމެނޭ ކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީންނާއި، ދުނިޔޭގެ އެހެން ގައުމު ތަކުންވެސް އެ ކުންފުނީގެ ދިޔާ ބޭހުގައި މި ދެ ބަވާތުގެ ކެމިކަލް ހިމެނޭ ކަމަށް ނެރުނު އެލާޓާއި ގުޅިގެން ކަމަށެވެ.

އެހެންކަމުން އެ ކުންފުނީގެ ދެ ބޭހަކުން މި ކެމިކަލް ފެނުމުގެ ސަބަބުން މިހާރު އެ ޕްރޮޑަކްޓްތައް މަނާ ކޮށްފައިވާ ކަމަށް އެމްއެފްޑީއޭ އިން ހާމަކުރެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމްއެފްޑީއޭއިން ވަނީ މިއަދުން ފެށިގެން ފާމިކްސް ލެބޯޓްރީސްގެ އެއްވެސް ދިޔާ ބޭހެއް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފަ އެވެ.

މިވަގުތު އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހުރި އެ ކުންފުނީގެ ދިޔާ ބޭސްތައް ފާމަސީތަކުން ނަގައި، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް އެ ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދަން ވެސް އެމްއެފްޑީއޭއިން ވަނީ އަންގާފަ އެވެ. މިވަގުތު އެޕްރޫވްޑް ލިސްޓުގައި ހުރި ފާމިކްސް ލެބޯޓްރީސްގެ ދިޔާ ބޭސްތަކުގެ ލިސްޓެއް އެ އޮތޯރިޓީން ވަނީ ހިއްސާކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު