ވިޔަފާރި
ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުގައި އިތުރު 2 ކެފޭ ހުޅުވައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އިންޓަނޭޝަނަލް ޓާމިނަލްގައި މުޅިން އާ ދެ ފުޑް އެންޑް ބެވަރެޖް (އެފްއެންޑްބީ) އައުޓްލެޓް ހުޅުވައިފި އެވެ.

ގްރޭޕް އެކްސްޕެކްޓޭޝަންސް އާއި އެޗްއެމްއެސްހޯސްޓްގެ މި އައުޓްލެޓްތައް ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދާއި ގްރޭޕް އެކްސްޕެކްޓޭޝަންސްގެ އެމްޑީ އާމިރު މަންސޫރު އަދި އެޗްއެމްއެސްހޯސްޓުގެ އޮޕަރޭޝަންސް މެނޭޖަރު ސްރަވަން ޕަޓްނައިކެވެ.

ގްރޭޕް އެކްސްޕެކްޓޭޝަންއިން ހުޅުވި އައުޓްލެޓަކީ އެ ކުންފުނީގެ އަމިއްލަ ބްރޭންޑެއް ކަމަށްވާ 'ދަ ގްރޭޕް' އެވެ. މިއީ އެ ކުންފުނިން ހުޅުވި މިފަދަ ފުރަތަމަ އައުޓްލެޓެވެ.

އެމްއޭސީއެލް އިން ބުނީ އެއާޕޯޓުގެ ޑިޕާޗާ ފޯކޯޓްގައި މި ތަން ހުޅުވީ ދަތުރުވެރިންނަށް އިތުރު ބާވަތްތަކާއި ބްރޭންޑްތައް ފަސޭހައިން ފޯރުކޮށްދިނުމަށް ކަމަށެވެ.

އެޗްއެމްއެސް ހޯސްޓުން ހުޅުވީ ކޭއެފްސީ، ކޮސްޓާ ކޮފީ އަދި ގްރޭބް އެންޑް ފްލައި ހިންގާ އައުޓްލެޓެކެވެ. އެމްއޭސީއެލްއިން ބުނީ މި ދެ ކުންފުންޏަކީ ވެސް 2018އިން ފެށިގެން އެއާޕޯޓުގައި ރެސްޓޯރެންޓު ހިންގަމުން އަންނަ ދެ ކުންފުނި ކަމަށެވެ.
ދެ އައުޓްލެޓް ހުޅުއްވައިދެއްވުމަށްފަހު އެމްއޭސީ.އެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ އެމްއޭސީއެލްގެ އަމާޒަކީ ވީއައިއޭއިން ހިދުމަތް ހޯދާ ފަސިންޖަރުންނަށް ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.

"މިއަދު ހުޅުވިގެން މިދިޔަ ދެ އައުޓްލެޓުން ދަތުރުވެރިންނަށް ރަނގަޅު ހިދުމަތެއް ލިބިގެންދާނެ ކަމަށް ޔަގީންކުރަން،" ޝަރީފް ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު