ވިޔަފާރި
ވީއައިއޭގެ އޭރޯނޮޓިކަލް މެސެޖް ހޭންޑްލިން ނިޒާމު ޒަމާނީކޮށްފި
ވޭލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބޭނުންކުރާ އޭރޮނޯޓިކަލް މެސެޖް ހެންޑްލިން ސިސްޓަމް ޒަމާނީ ފެންވަރަށް ބަދަލު ގެނެސް ހިދުމަތް ދޭން ފަށައިފި އެވެ.

އެމްއޭސީއެލުން މި މަސައްކަތް ފެށީ މިއަހަރު ކުރީކޮޅު އެވެ. މަސައްކަތް ނިންމާލި އިރު ވީއައިއޭ ގައި މިހާރު ގާއިމް ކޮށްފައި ވަނީ އެންމެ ފަހުގެ ސިސްޓަމެކެވެ. 

މި ސިސްޓަމަކީ ގާއިމް ކުރުމުގެ މަޝްރޫއުއަކީ ދުނިޔޭގެ އެކި ގައުމުތަކަށް އޭވިއޭޝަން ސިސްޓަމްސް އަދި ސޮފްޓްވެއާގެ ހިދުމަތް ފޯރުކޮށްދެމުންދާ އިޓަލީގެ ކުންފުންޏެއް ކަމައްވާ އައިޑީއެސް އެއާނެވް އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ. އެކަމަށް 500،000 ޑޮލަރު (7.7 މިލިއަން ރުފިޔާ ހަރަދުވި އެވެ.

އާ ސިސްޓަމަކީ ބައިނަލްއަގުވާމީ އެއާ ނެވިގޭޝަން ހިދުމަތްދޭ ފަރާތްތަކާއި އެއާލައިން އޮޕަރޭޓަރުންނާއި ފްލައިޓް ކުރޫންނާއި ދެމެދު ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ރައްކާތެރި ކަމަށް ބޭނުންވާ މައުލޫމާތަށް ބޭނުންކުރާ ހާއްސަ ޕްލެޓްފޯމެކެވެ.  

އެމްއޭސީއެލް އިން ބުނީ މި ޕްލެޓްފޯމާ އެކު މިހާރު މެނުއަލްކޮށް ކުރާ ވަކިވަކި މަސައްކަތްތައް ސިސްޓަމް ތެރެއިން އޮޓޮމޭޓްވެ، އެއާލައިންތަކުން ފޮނުވާ ފްލައިޓް ޕްލޭން އިންޓަނެޓް މެދުވެރިކޮށް އެޕްރޫވްކޮށް ފައިލް ކުރުމުގެ މަސައްކަތް ފަސޭހަކަމާ އެކު ކުރެވޭނެ ކަމަށެވެ.

އައިޑީއެސް އެއާނެވް އިން ވަނީ މި ސިސްޓަމް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުކުރުމުގެ އިތުރުން އޭރޮނޯޓިކަލް އިންފޮމޭޝަން ސިސްޓަމެޓިކްކޮށް މެޏޭޖްކުރަން ބޭނުންވާނެ ޕްލޭނެއް ރާވާ އެކުލަވާލުމަށް އެހީތެރިވެދީފަ އެވެ. އަދި މި ސިސްޓަމް ބޭނުން ކުރާނެ ގޮތުގެ ހާއްސަ ތަމްރީން ވެސް ވަނީ މުވައްޒަފުންނަށް ދީފަ އެވެ.

އާ ސިސްޓަމާ އެކު އެއާޕޯޓުގެ އެންމެ މަތީ ފެންވަރުގެ ސަލާމާތާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

މި ހިދުމަތް ފޯރުކޮށްދޭނީ މިހާރު ވެސް ރާއްޖޭގެ ވައިގެ ސަރަހައްދުގައި އެއާ ނެވިގޭޝަންގެ ހިދުމަތް ދޭ، އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ނެޝަނަލް އެއާޓްރެފިކް ސާވިސަސް (އެމްނެޓްސް) އިންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު