ވިޔަފާރި
އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުން އެމްޔޫ މަނިކު އިސްތިއުފާ ދެއްވައިފި
ޓޫރިޒަމްގެ ބާނީންގެ ތެރޭގައި ހިމެނޭ މުހައްމަދު އުމަރު މަނިކު - ފޮޓޯ: މިހާރު
ޔުނިވާސަލް އެންޓަޕްރައިސްސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޕީސީބީން ބުނީ އުމަރު މަނިކު މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 28ގައި ކަމަށާއި އެ ލިޔުން ލިބުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. މަގާމުން އިސްތިއުފާދެއްވައި އޭނާ އެންމެ ފުރަތަމަ ސިޓީ ފޮނުވީ ރައީސް އޮފީހަށެވެ.

ފީސީބީން ބުނި ގޮތުގައި އެމްޔޫ މަނިކު މަގާމުން އިސްތިއުފާ ދެއްވީ، ބަލި ހާލަތު ހުރި ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ދަތިތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާ ފައްޓަވައިދެއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅާ ކަމުގައިވާ މުހައްމަދު މަނިކު އެމްއޭސީއެލްގެ ޗެއާމަންގެ މަގާމަށް އައްޔަންކުރެއްވީ ޖޫން 2013ގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު