ވިޔަފާރި
އެއާރ ޕޯޓުގެ އާ ޓާމިނަލްގައި އެއިރޯ ބްރިޖްގެ ހަރުކުރުމުގެ މަސައްކަތް ފަށައިފި
ވީއައިއޭގައި އެއިރޯ ބްރިޖް ހަރުކުރުމުގެ މަސައްކަތް ފަށާފައި -- ފޮޓޯ/ އެމްއޭސީއެލް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ އައު ޓާމިނަލްގައި އެއިރޯ ބްރިޖް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ ރާއްޖޭގައި އެއިރޯ ބްރިޖެއް ގާއިމްކުރާ ފުރަތަމަ ފަހަރެވެ.

އެއިރޯ ބްރިޖުގެ އިތުރުން މި ޓާމިނަލުގައި އެންމެ ޒަމާނީ ބެގޭޖް ހެންޑްލިން ފެސިލިޓީއާއި ސަލާމަތީކަންކަން ބެލެހެއްޓުމަށް ޒަމާނީ ވަސީލަތްތަށް ގާއިމް ކުރާނެއެވެ. މި ޓާމިނަލް ނިމުމުން އެއަރ ޕޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވާނެއެވެ. މި ޓާމިނަލުގައި 78،000 އަކަ މީޓަރުގެ ޖާގަ ހުރެއެވެ.

ވީއައިއޭގެ އައު ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓާމިނަލެކެވެ. މި ޓާމިނަލަކީ 78 ހާސް އަކަ މީޓަރުގެ ޖާގައިގެ ޓާމިނަލެކެވެ.

އައު ފަސިންޖަރ ޓާމިނަލް ތަރައްޤީކުރަނީ އެންމެފަހުގެ ޒަމާނީ ވަޞީލަތްތަކާއެކުއެވެ. އެގޮތުން އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އައު ޓާމިނަލް އިމާރާތުގެ ސަބަބުން މިހާރު ހުރި ޓާމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އަދި މިޓާމިނަލްގައި އެފްއެންބީގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައް ޤާއިމުކުރެވޭނެއެވެ.

މިމަޝްރޫޢަކީ ރައީސުލްޖުމޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަމެއްދެއްވާ އެއް މަޝްރޫޢެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިމުމުގެ ކުރިން އައު ޓާމިނަލްގެ މަސައްކަތް ނިންމާ އޮޕަރޭޝަނަށް ގެނައުމެވެ.

ބިން ލާދިން ގްރޫޕާ އާ ޓާމިނަލްގެ މަސައްކަތް ހަވާލުކުރީ ގާތްގަނޑަކަށް 5.3 ބިލިއަން ދިވެހި ރުފިޔާއަށެވެ.

މި މަޝްރޫއަކީ ރައީސް ޑރ، މުހައްމަދު މުއިއްޒު ވެސް އެންމެ އިސްކަމެއްދެއްވާ އެއް މަޝްރޫއެވެ. އެގޮތުން ޔޫއޭއީ ސަރުކާރު މެދުވެރިކޮށް މި ފަހުން ރައީސް ވަނީ އެ މަޝްރޫއަށް 1.2 ބިލިއަން ރުފިޔާ ހޯއްދަވާފައެވެ.

ރައީސް ވިދާޅުވީ މަސައްކަތް ކުރައްވަނީ މި އަހަރުގެ ޓޫރިޒަމް ސީޒަން ފެށެންވާއިރަށް އެ މަޝްރޫއު އެއްކޮށް ނިންމައިލާ، ޓާމިނަލް އޮޕަރޭޝަނަށް ގެނައުމަށް ކަމަށެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު