ކުޅިވަރު
ބައްސާމް އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތި ނުލާން ނިންމައިފި
އެފްއޭއެމްގެ ރައީސް ބައްސާމް: އެފްއޭއެމްގެ އަންނަ އިންތިހާބުގައި ވާދަނުކުރަން ވަނީ ނިންމައިފަ
އަންނަ ޖެނުއަރީ 31, ގައި ބާއްވާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްްއޭއެމް) ގެ އިންތިހާބުގައި އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމުގައި މިވަގުތު ހުންނެވި ބައްސާމް އަދީލް ޖަލީލް ވާދަނުކުރާނެކަން އިއުލާނުކޮށްފި އެވެ.

ބައްސާމް މިކަން އިއުލާނު ކޮށްފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް އެފްއޭއެމްގެ އެކްސްކޯއިން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

އިންތިހާބުގައި ވާދަނުކުރައްވާކަން އިއުލާން ކުރައްވާ ބައްސާމް ނެރުނު ބަޔާނުގައި ބުނެފައިވަނީ އެކިއެކި ހައިސިއްޔަތު ތަކުން އެކިފެންވަރުގެ ކާމިޔާބީއާއި ނާކާމިޔާބީއާއި ކުރިމަތިވި ކަމުގައި ބައްސާމް ވަނީ ފާހަގަކުރައްވާފައެވެ. އަދި މީގެ އިތުރުން ފުޓުބޯޅަ "އައު ޒައާމަތެއްގެ ޤިޔާދަތުގެ" ދަށުން ކުރިއަށް ގެންދިޔުމަށް ފުރުސަތު ދެއްވަން ބޭނުންފުޅު ވާކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އިލެކްޓޯރަލް ކޮމިޓީއެށް އެކުލަވާ ލާނެކަމުގައިވެސް ބައްސާމް ވަނީ ފާހަގަ ކުރައްވާފައެވެ.

ތިންވަނަ ދައުރަކަށް ކުރިމަތިނުލާން ބައްސާމް ނިންމެވި އިރު، އޭނާ އަށް ބޮޑު ޕްރެޝަރެއް ވަނީ ކުރިމަތިވެފަ އެވެ. ބޭރުގެ އިދާރާތަކުން އެފްއޭއެމް އަށް ފޮނުވާ ފައިސާ، ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން ދަނީ، އެ މައްސަލަ ތަހުގީގު ކަމުރަމުންނެވެ. ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އަންގަވައިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގުގައި، މިދިޔަ އޮކްޓޯބަރު 22 ގައި ފުލުހުން އެފްއޭއެމްގެ އިދާރާ ރެއިޑް ވެސް ކުރި އެވެ.

އެ މައްސަލައާ ބެހޭގޮތުން ފުރަތަމަ ފަހަރަށް މީޑިއާގައި ވާހަކަ ދައްކަވަމުން މިދިޔަ މަހުގެ 30 ގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝަމީމު ވިދާޅުވީ، އެފްއޭއެމްގެ ފައިސާ ނަހަމަގޮތުގައި ބޭނުން ކޮށްފައިވާ މައްސަލައިގެ "ޕްރައިމް ސަސްޕެކްޓަކީ" ބައްސާމް ކަމަށާއި ދައުވާކުރަން ކޯޓަށް ފޮނުވާނެ ކަމަށެވެ. ދައުވާކުރަން ފޮނުވުމުގެ ކުރިން މިހާރު ކުރިއަށް ގެންދަނީ އިތުރަށް ބަލަން ޖެހޭ ކަންތައްތައް ކަމަށް ޝަމީމް އޭރު ވިދާޅުވި އެވެ.

އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގައިވާ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ މީހުން ޑިސެމްބަރު 27, ގެ 13:00 ގެ ކުރިން ލިޔެކިޔުން ހުށަހެޅުމަށް އެފްއޭއެމުން ވަނީ މިއަދު އެދިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު