ދުނިޔެ
ސަޖިދާގައި އޮއްވާ އިމާމު ނިޔާވެއްޖެ
އިންޑޮނޭޝިއާގެ އިމާމަކު ފަތިސްނަމާދުގައި ސަޖިދާގައި އޮއްވާ މަރުވެއްޖެ އެވެ.

ޖަމާއަތުގައި އިމާމުވެ ނަމާދު ކުރަނިކޮށް، ސަޖިދާގައި އޮއްވާ ހުކުރު ދުވަހު ފަތިހު މަރުވީ އިންޑޮނޭޝިއާގެ އިރުމަތީ ސަރަހައްދެއްގެ އިމާމެކެވެ.

ކަލިމަންޓަން ސަރަހައްދުގެ ބާލިކްޕަޕަން ސިޓީގެ އަލްއުލާ މިސްކިތުގެ އިމާމް އަންދީ ސިޔާމްސުލް ބަހްރީ ފުރަތަމަ ރަކުއާތުގައި ސަޖިދައަށް ގޮސް ތެދު ނުވާތީ، ނަމާދު ފުރިހަމަކުރުމަށް ފުރަތަމަ ސަފުން އިމާމާއި ދިމާއަށް ހުރި މައުމޫމު ނަމާދު ފުރިހަމަކުރިއެވެ.

236 މިލިއަން މުސްލިމުން ދިރިއުޅޭ އިންޑޮނޭޝިއާ އަކީ ދުނިޔޭގައި އެންމެ މުސްލިމުން ގިނަ ޤައުމެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
6 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު