ރިޕޯޓް
ވާނުވާ ނިމުމަކަށް ގެނައުން، އިންސާނީ ހައްގުގައި ރާއްޖެ މޮޅަކާއި ދިމާލަށް..!

އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުން، އެކި ކުށްތަކުގައި ވާނުވާ ޖަހައި ޝަރީއަތެއް ނެތި މީހުން ބަންދުކުރުމުގެ އާދަ ނިމުމަކަށް ގެނައުމަށް ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ. އެހެންކަމުން ރައީސް ޑރ.މުއިއްޒުގެ މި ނިންމުމަކީ އިންސާފު ކަށަވަރުކޮށްދީ ފަރުދީ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި ބަންދުކުރުމުގެ ސިޔާސަތުތައް އަލުން ވަޒަން ކުރަމުންދާ ފުޅާ ބައިނަލްއަގްވާމީ ޓްރެންޑަކާ ގުޅިފައިވާ ނިންމުމެއްކަން ކަށަވަރެވެ. 

މި ނިންމުމުގެ ސަބަބުން މުޅި ދުނިޔޭގައިވެސް އިންސާނީ އަސާސީ ހައްގުތައް ރައްކާތެރިކުރުމުގެ މުހިންމުކަން ގައުމުތަކުން ދެނެގަންނާނެއެވެ. ޖިނާއީ އިޖުރާތެއް އޮތަސް އެއަށް އަމަލުކުރަމުންދާ މިންވަރު "ދެރަ" ކަމަށް ގާނޫނީ ވަކީލުން ފާހަގަކުރެ އެވެ. ފާހަގަކޮށްލެވޭ ކަމަކީ ކެނެޑާ އާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ޝަރީއަތެއް ނެތި ބަންދުކުރުން ހަނިކުރާ ގާނޫނީ އޮނިގަނޑުތައް ތަންފީޒުކޮށް، ހާމަކަން ބޮޑު އަދި ޖަވާބުދާރީވާ ގާނޫނީ ޕްރޮސެސްތަކެއް ހިންގުމުގެ ބޭނުންތެރިކަމަށް އަލިއަޅުވާލާފައިވެ އެވެ.

ރާއްޖޭގެ ސަރުކާރުން މި ފިޔަވަޅަކީ ޤާނޫނީ ވެރިކަމަށް އިޙްތިރާމް ކުރުމަށް ދުނިޔޭގެ ފުޅާ ވަޢުދުތަކެއް އޮތްކަން ހާމަކޮށްދޭ ފިޔަވަޅެކެވެ. އަމިއްލައަށް ބަންދުކުރުން ނިމުމަކަށް ގެނައުމަށް އދ. އިން ރައްޔިތުންނާ މެދު އިންސާފުވެރިކޮށް ކަންތައް ކުރެވޭތޯ ބެލުމަށް އިންސާފުވެރި އަދި ހާމަކަން ބޮޑު ގާނޫނީ އިޖުރާއަތްތަކެއް ގެންގުޅުމަށް ދުނިޔޭގެ ގައުމުތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ. ނަމަވެސް އެކި ސަރަހައްދުތަކުގައި ގޮންޖެހުންތައް އެބަހުއްޓެވެ. ޗައިނާ ފަދަ ތަންތަނުގައި ވަކިން ހާއްސަކޮށް އިންސާނީ ހައްގުތަކުގެ އެކްޓިވިޒަމްއާ ގުޅުން ހުރި މައްސަލަތަކުގައި އެކަށީގެންވާ ގާނޫނީ ވަސީލަތެއް ނެތި ވަކިވަކި ފަރުދުން ބަންދުކުރުމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކެއް ވަނީ ދިވެހި ނޫސްތަކުންވެސް ފާޅުވެފަ އެވެ. ހަމައެފަދައިން މިސްރާއި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުގައި ޓެރަރިޒަމާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ވެސް މި މައްސަލައަށް ބޭރުގެ ނޫސްމަޖައްލާ ތަކުގެ ސަމާލުކަން ލިބިފައިވާއިރު، މި އަމަލުތަކުގެ ސަބަބުން ޑިއު ޕްރޮސެސް އާއި މަދަނީ މިނިވަންކަމަށް ގެއްލުން ލިބޭ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. 

ހިތަށް އެރީމާ ބަންދުގައި ބަހައްޓާ ބެހެއްޓުމުން ނުވަތަ ވާނުވާގައި ބެހެއްޓުމުން ބަންދުގައިވާ ނަފްސަށް ދެން ހަދަންވީ ކިހިނެއްކަމެއް ނޭނގެ އެވެ. ދެން ވާންވީ ގޮތެއްވެސް ނޭނގެއެވެ. އަދި ކިއެއްތަ؟ ދެން ވާނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ! އެހެންކަމުން، ރައީސް މުއިއްޒުގެ މި ވައުދުވުމަކީ ރާއްޖޭގެ ގާނޫނީ އުސޫލުތައް ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާ އެއްގޮތް ކުރުމަށް އެޅޭ ހެޔޮ ފިޔަވަޅެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަރުދުންގެ ކަރާމާތާއި ހައްގުތައް ދެމެހެއްޓުމުގައި އިންސާފުވެރި ގާނޫނީ ނިޒާމުތަކުން އަދާކުރާ މުހިންމު ދައުރު ދެނެގަނެ، ބައިނަލް އަޤްވާމީ މުޖުތަމައުންވެސް މިފަދަ އިސްލާހުތައް މޮނިޓަރކޮށް ވަކާލާތު ކުރަމުންދެ އެވެ. 

"ތަހުގީގަށް ހައްޔަރުކޮށްފައި ވާނުވާގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށާނަން. އަދި ރައްޔިތުންގެ މަޖްލީހުގެ މި ފެށޭ ދައުރުތެރޭގައި ގާނޫނަށް އިސްލާހު ހުށަހަޅާނަން،" ރައީސް ގެ އަލަތު ރިޔާސީ ބަޔާނުގައި ވިދާޅުވި އެވެ. 

ރައީސް ޑރ. މުއިއްޒު އިއްވެވި ފުރަތަމަ ރިޔާސީ ބަޔާނުގައި ދެއްކެވި "ވާނުވާ ވާހަކަ" ތަކާއި ގުޅިގެން ޕީޖީ އޮފީހުގެ "ހަބަރުފީތާ" ވެބްޕޭޖުގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނީ ޝަރީއަތް ނިމެންދެން މީހުން ބަންދު ކުރުމަށް ފަހު ޝަރީއަތް ބޭއްވޭނެ ދުވަހެއް އަދި ހުކުމް ކަނޑައެޅޭނެ ދުވަހެއް ނޭނގި ދިގުލައިގެންދާ މައްސަލައިގެ އެއް ސަބަބު ގުޅިފައިވަނީ ކޯޓުތައް ހިނގާ ދުވެލި ކަމަށެވެ. އަދި ދުވެލި ގުޅިފައި އޮތީ ކޯޓުތަކުގެ ޖާގައިގެ މައްސަލައަށް ކަމަށް ވެސް އެ ލިއުމުގައި ބުންޏެވެ.

"ސަރުކާރުން ކޯޓުތަކުގެ ޖާގައިގެ މައްސަލައަށް އެދެވޭ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ ޕްރޮސިކިއުޓާ ޖެނެރަލް އުފާކުރައްވާ، އެކަ މުގެ އަމަލީ މަސައްކަތްތައް އަވަހަށް ފެށޭނެ ކަމަށް އުންމީދުކުރަން،" ޕީޖީގެ ލިޔުމުގައިވެ އެވެ.

ގާނޫނަށް ގެންނަން ސަރުކާރުން ގަސްދުކުރާ އިސްލާހުތަކާ ގުޅިގެންނާއި، ސަރުކާރުގެ ކަމާ ގުޅޭ ސިޔާސަތުތައް ތަންފީޒު ކުރުމުގައި، ގާނޫނީ ހަމަތަކުގެ މަތިން އެ އޮފީހުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމުގެ ޔަގީން ކަން ވެސް ދީފައިވެ އެވެ. އަދި އެ ކަމުގައި ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އިދާރާތަކާ ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވެސް ދީފައިވެ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރެވިފައި ގާތްގަނޑަކަށް 500 މީހަކު ޖަލުތަކުގެ ހައްޔަރުގައި ތިބިއިރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގެ ދަށުން އެ ފަރާތްތަކުގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރުމުގެ އަޑުއެހުން ފަނޑިޔާރުގޭގައި ނުހިނގާތީ ހުރިހާ ފަރާތްތަކަށް އެވަނީ އިޖުރާއީ އިންސާފު ލިބުމުގެ މަގު ބަންދުވެފައި ކަމަށް ގިނަ ޤާނޫނީ ވަކީލުން ވިދާޅުވެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް "ވާނުވާ" އަށް ހައްލެއް ހޯއްދަވާ ދެވިއްޖެނަމަ އެކަންވާނީ. އިންސާނީ ހައްގުތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރެވޭ މަސައްކަތުގައި ރާއްޖޭގެ ގަދަރު އުފުލި ރައީސް މުއިއްޒުގެ ސަރުކާރަށް އިތުރު ކާމިޔާބީ އާއި ދުނިޔޭގެ އިތުބާރު ލިބޭނެ މުހިއްމު ފިޔަވަޅަކަށް ވެގެންދާނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު