ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
15 އަހަރު ނުވިޔަސް ގާނޫނީ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅޭ ގޮތްތަކެއް ހުރޭ: ޝަމީމް
ހުމާ ނަސީމް
07 އޭޕްރީލް 2024 - 17:46
0
comments
Tweet
Telegram
ޢުމުރުން 15 އަހަރުނުވާ ކުއްޖަކާމެދު ގާނޫނީ ނިޒާމުގެ ތެރެއިން "ފިޔަވަޅެއް އެޅެން ނެތްކަމަށް" ބައެއް މީހުން ދެކޭއިރު، އެކުދިން ރިހެބިލިޓޭޓްކޮށް، އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ގާނޫނުން ފުރުސަތު ދީފައިވާކަމަށް، ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
އއ. ރަސްދޫގައި ތަރާވީހް ނަމާދު ވަގުތު މިސްކިތުގައި ކުޑަ ކުއްޖަކަށް އަނިޔާކޮށް ބުލީކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން ޝަމީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކުށްކުރާ ކުޑަކުދިންގެ މައްސަލައަށް އޮތް ހައްލަކީ އެ ކުދިންނަށް ފަރުވާދީ، ރަނގަޅު މަގު ދައްކައިދިނުން ކަމަށެވެ. އަދި އެ ކަން ކުރެވޭނެ ފަންނީ ގާބިލް މީހުން ރާއްޖޭގައި އެބަ ތިބި ކަމަށް ޝަމީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުށްކުރާ އުމުރުގައި އުޅޭ ކުދިންނަށް ދައުލަތުން ފޯކަސްކޮށްގެން ޕްރޮގްރާމެއް ހިންގިއްޖެ ނަމަ، އެކަން ކާމިޔާބު އިންވެސްޓްމެންޓަކަށް ވާނެ ކަމަށެވެ.
ގާނޫނީ ނިޒާމު އޮތް ގޮތުން ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރަކީ 15 އަހަރެވެ. މި ކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ އޭގެ މާނައަކީ އެ އުމުރަށްވުރެ ހަގު ކުއްޖަކު ކުށެއް ކުރުމުން، އެ ކުއްޖަކާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމެއް ނޫން ކަމަށެވެ. އެ ހާލަތުގައި ފިޔަވަޅު އެޅޭނެ ނިޒާމާއި އެކަމާބެހޭ ގަވާއިދުތައް ވެސް ހެދިފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.
އެހެން ނަމަވެސް ޕީޖީ ވިދާޅުވަނީ ކުށްކުރާ ކުޑަކުދިންނަށް ދޭންވީ އަދަބެއް ނޫން ކަމަށެވެ. އަދަބު ދީގެން ކުށްކުރާ ބަޔަކު އުފެއްދުމުގެ ބަދަލުގައި، ކުޑައިރު ކުރެވޭ ކުށްތަކުން ދުރުހެލިވުމަށް ވިސްނައިދީ، ރިހެބިލިޓޭޓް ކުރަންވީ ކަމަށެވެ.
ޝަމީމް ވިދާޅުވީ، އުމުރުން 15 އަހަރުނުވާ ކުއްޖަކާމެދު ގާނޫނީ ނިޒާމުގެ ތެރެއިން "ފިޔަވަޅެއް އެޅެން ނެތްކަމަށް" ބައެއް މީހުން ދެކޭއިރު، މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން 10 ޖޫން 2021 ދުވަހު ނެރުއްވާފައިވާ "ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުޑަކުދިންނާމެދު އަވަސް ފިޔަވަޅު އެޅުމުގެ ނިޒާމާގުޅޭ ގަވާއިދު"ގެ 1 ވަނަ މާއްދާގެ (ހ)ގައި އޮތީ، އެގަވާއިދަކީ 15 (ފަނަރަ) އަހަރަށްވުރެ ހަގު އުމުރުގެ ކުދިންގެ ތެރެއިން، ގާނޫނާ ޚިލާފު އަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށްކުރުމާ ދުރުހެލިކޮށް، އެ ކުދިންނަށް ބޭނުންވާ ފަރުވާ ދީ، އެ ކުދިން ރިހެބިލިޓޭޓް ކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅު އެޅޭނެ ނިޒާމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދު ކަމަށެވެ.
ކުށުގެ މާހައުލަށް ހުށަހެޅޭ ކުދިން ދައުލަތުގެ ބެލުމުގެ ދަަށަށް ގެންގޮސް އިސްލާހު ކުރުމަށް ހާއްސަ ފެސިލިޓީއެއް ހެދުމަށް ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ދުވަސް ކުރިން
0
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 61 އަހަރުގެ މީހަކު ހައްޔަރުކޮށްފި
28 ދުވަސް ކުރިން
1
ކުޑަކުދިންގެ ރެސިޑެންޝަލް ސެންޓަރަށް މުވައްޒަފުން ހޯދަނީ
28 ދުވަސް ކުރިން
0
ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ދަށްކުރުމަކީ ހައްލެއް ނޫން: ހަމީދު
29 ދުވަސް ކުރިން
0
ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ދަށްކުރަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ލޯގޯ އާންމުކޮށްފި
10 މިނެޓް ކުރިން
0
ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި
15 މިނެޓް ކުރިން
0
ރާއްޖެ-އެމެރިކާ ސިފައިންގެ ތަމްރީނުތަކެއް ފަށައިފި
15 ގަޑިއިރު ކުރިން
0
ޓްރޭޑްމާކް ބިލާ ގުޅޭ މަޝްވަރާ ސެމިނާއެއް ފަށައިފި
16 ގަޑިއިރު ކުރިން
0