ވިޔަފާރި
އެމްޓީސީސީގެ ރޯދަ ޕްރޮމޯޝަން ފަށައިފި
އެމްޓީސީސީގެ ރޯދަ ޕްރޮމޯ ލޯންްޗް ކުރުން - ފޮޓޯ: އެމްޓީސީސި
އެމްޓީސީސީން ވިއްކާ ޕްރޮޑަކްޓްތަކުން ޑިސްކައުންޓް ލިބުމާއި އަދި އުމްރާ ދަތުރެއް ލިބޭ ރޯދަމަހަށް ހާއްސަ އެމްޓީސީސީގެ "ރޯދަ ޕްރޮމޯ 2024" ޕްރޮމޯޝަން ފަށައިފި އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްގެންދާ މެރިން އެކްސްޕޯގެ ތެރެއިން މި ޕްރޮމޯޝަން ފައްޓަވާދެއްވީ އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

މި ޕްރޮމޯޝަން އޭޕްރިލް 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

އެމްޓީސީސީން މައުލޫމާތު ދިންގޮތުގައި މި ޕްރޮމޯޝަންގައި މަގްސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ވިއްކުމެވެ. 

މިގޮތުން މި ޕްރޮމޯޝަންގެ ދަށުން ސުޒުކީ އިންޖީނާއި، ޔަންމާ ޖެންސެޓްސް، ސްޓަރން އައިޓަމްސް އާއި، ސްކޮޓް ބޭޑަރ ރެސިން އާއި، ސްކޮޓް ބޭޑަރ ޖެލްކޯޓްސް، ސްޕެއަރ ޕާޓްސް، އެކްސަސަރީސްގެ އިތުރުން އިންޑަސްޓްރިއަލް ގޭހާއި މެރޯލް އަދި ލުބްރިކެންްޓްސް ފަދަ ޕްރޮޑަކްޓަތައް ލިބިގެން ދާނެ ކަމަަށް އެމްޓީސީސީން ބުންޏެވެ.

އަދި ޕްރޮމޯޝަން ނިންމާފައި ނެގޭ ގުރުއަތަކުން އެކަކަށް އިތުރު މީހަކު ގޮވައިގެން އުމްރާއަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އެމްޓީސީސީން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު