ޚަބަރު
ކުޑަ ކުއްޖަކު ރޭޕް ކުރި މީހަކު 18 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި
ކުޑަ ކުއްޖަކު ރޭޕް ކުރި މީހަކު 18 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. 

މީގެ ހަތަރު އަހަރު ކުރިން ހައްޔަރުކުރި، ތ. ގުރައިދޫ، މިޔަވާލިގެ، ހުސައިން ޒާހިންގެ މައްޗަށް އެ މައްސަލާގައި ތިން ދައުވާއެއް އުފުލާފައިވެ އެވެ.

އޭނާގެ މައްޗަށް އުފުލި ތިން ވަނަ ދައުވާއަކީ އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާގެ ކުށް ސާބިތުވެ އަދަބެއްގެ ގޮތުން އެއް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވެއެވެ.

އެހެންކަމުން އޭނާ ތަންފީޒު ކުރަން ޖެހޭ ޖަލު އަދަބުގެ ޖުމްލަ މުއްދަތަކީ 18 އަހަރާއި 1 މަހާއި 6 ދުވަހެވެ.

މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ ކްރިމިނަލް ކޯޓުން ޝަރީއަތް ކުރީ ސިއްރުކޮށްގެންނެވެ. އަދި އެ ސަބަބާ ހެދި ޝަރީއަތް ނިމުނުގެ ގޮތުގެ ރިޕޯޓު ވެސް ހާމައެއް ނުކުރެ އެވެ.

ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި މިއަދު އަޕްލޯޑުކޮށްފައިވާ ފެބްރުއަރީ 15، ގައި ކުރި ހުކުމުގައިވާ ގޮތުން ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި އިއްވީ 15 އަހަރުގެ ޖަލު ހުކުމެކެވެ. ކުޑަކުއްޖަކަށް ޖިންސީ ގުނަވަނެއް ހާމަކޮށްގެން ހުރުމުގެ ކުށުގައި ތިން އަހަރުގެ ޖަލު ހުކުމެކެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.





ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު