ޚަބަރު
ޒުވާނުންނަށް ކުރިއަށް ގެންދާ ޔޫތު ހެކަތޯން ފަށައިފި
ޒުވާނުންނަށް އަމާޒުކޮށް ޔޫތު މިނިސްޓްރީން ކުރިއަށް ގެންދާ 'ޔޫތު ހެކަތޯން' މިއަދު ފަށައިފި އެވެ.

މިއަދު ހެނދުނު މާލޭގެ ސޯޝަލް ސެންޓަރުގައި މ ހަރާކަތް ފައްޓަވައި ދެއްވީ ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދު އަސްވާށް) އާއި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލިޖީ އަލީ އިހުސާނެވެ.

އަސްވާޑު ވިދާޅުވީ މި ހެކަތޯނަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި މިކަމުން ދައްކުވައި ދެނީ ދިވެހި ޒުވާނުންގެ ތެރޭގައި ވަރަށް ކުޅަދާނަ އަދި ފަންނީ ކުދިން ތިބިކަން ކަމަށާއި ހެކަތޯންގެ ސަބަބުން ކުރިޔަށް އޮތްތަ ނުގައި އެ ޒުވާނުންނަށް އެކިއެކި ދާއިރާތަކުން ރަނގަޅު ފުރުސަތުތަކެއް ފަހިވެގެން ދާނެ ކަމަށެވެ.

"ޔޫތު ހެކަތޯން" ހާއްސަކޮށްފައި ވަނީ 18-35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. 10 ޓީމަކާއެކު ކުރިއަށްދާ މި ހެކަތޯނުގެ އެއްވަނައަށް އަންނަ ޓީމަކަށް 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. 

މި ހެކަތޯން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައި ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ އިޖާދީ ޚިޔާލުތަކަކީ އެއިން މާލީ މަންފާ ހޯދޭނެ ފުރުސަތުތަކެއް ކަމަށެވެ. އަދި މި ދާއިރާއިން ހުރި ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ވަޒީރު

"ރައީސުލްޖުމްހުރިއްޔާގެ ވިސްނުންފުޅަކީ، ތިބޭފުޅުންނަށް އީ-ވޮލެޓު ތައާރަފްކޮށްދީ، ބޭރުގެ ފަރާތްތަކަށް ސަރވިސްތައް ވިއްކައިގެން އެ ލިބޭ މަންފާ، ފައިނޭންޝިއަލް ބެނިފިޓު ޑައިރެކްޓްލީ ޖީބަށް އާދެވޭނެ މެކޭނިޒަމްތައް ވީ އެންމެ އަވަހަކަށް ތައާރަފްކުރުން، އެމަސައްކަތްދަނީ ކުރެވެމުން، ޕޭޕާލް ފަދަ ސަރވިސްތައް މެދުވެރިކޮށް ސަރވިސްތަކަށް ޕޭމަންޓު ލިބޭނެގޮތް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ،" ވަޒީރު އިހުސާން ވިދާޅުވި އެވެ. 

މި ހެކަތޯންގެ މެއިން ޕާޓްނަރަކީ އުރީދޫ މޯލްޑިވްސް އެވެ. ކޯ ޕާޓްނަރުންގެ ގޮތުގައި މާސްޓާކާޑް، މޯލްޑިލްވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ރާއްޖެއޮންލައިން (އާރް.އޯ.އެލް) ހިމެނެ އެވެ. މިއީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމުގެ ފުރަތަމަ 14 ހަފްތާ ތެރޭގައި ފަށަން ނިންމާފައިވާ ހަރަކާތެކެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު