ޚަބަރު
ސްޕޯޓްސް ކައުންސިލަރުން ޔޫތުގެ ދަށަށް
ރަށްރަށުގެ ސްޕޯޓްސް ކައުންސިލަރުން ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލު ކުރަން ނިންމައިފި އެވެ.

ޔޫތު މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރަށް ރަށުގެ ސްޕޯޓްސް ކައުންސިލަރުން އެ މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ސިވިލް ސާވިސް ކޮމިޝަން (ސިއެސްސީ) އާ ގުޅިގެން ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސްޕޯޓްސް ކައުންސިލަރުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމުގެ އެންމެހާ ކަންކަންވެސް ކުރާނީ ޔޫތު މިނިސްޓްރީން ކަމަށް އެ ސާކިއުލާގައި ވަނީ ބުނެފައެވެ.

މި ސާކިއުލާ ޓުވީޓު ކުރައްވަމުން މަޖިލިހުގެ އުނގުފޫރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ރަށްރަށުގެ ހުރިހާ ކަމެއް މަރުކަޒީ ސަރުކާރުގެ ދަށަށް ގެނައުން މުއިއްޒު ސްޕީޑުގައި ކުރިޔަށްދާ ކަމަށް ވިދާޅުވެ ފާޑު ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު