ޚަބަރު
އައްޑޫގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން ނިޔާވެއްޖެ
އައްޑޫ ސިޓީ ހިތަދޫގައި މިއަދު މޫދަށް އެރި އުޅުނު އަންހެނަކު ނިޔާވެއްޖެ އެވެ.

އެނާ މަރުވި ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފައިވަނީ މިރޭ 20:18 ގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 60 އަހަރުން މަތީގެ އަންހެނެކެވެ. 

އެ ހާދިސާއާ ގުޅޭ ގޮތުން މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައިނުވެއެވެ.

މިދިޔަ ނޮވެމްބަރު މަހު ވެސް ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގައި މޫދަށް އެރި އުޅެނިކޮށް ދިވެހި ފުލުހަކު ނިޔާވެފައިވެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު