ދުނިޔެ
ދެއަތް ޓްރާންސްޕްލާންޓް ކުރުމުގެ ކާމިޔާބު އޮޕްރޭޝަނެއް އިންޑިއާގައި ކޮށްފި
ދެއަތް ޓްރާންސްޕްލާންޓް ކުރުމުގެ ކާމިޔާބު އޮޕްރޭޝަނެއް އިންޑިއާގައި ކޮށްފި އެވެ.

2020 ވަނަ އަހަރު ހިނގި ރޭލު އެކްސިޑެންޓަކާއި ގުޅިގެން ދެއަތް ގެއްލުނު އިންޑިއާ މީހަކަށް މަރުވެފައިވާ މީހެއްގެ ދެއަތް ޖަހައިގެން ދިއްލީގެ ގަންގާރާމް ހޮސްޕިޓަލުގައި ކާމިޔާބު އޮޕްރޭޝަނެއް ކޮށްފި އެވެ. ‏

45 އަހަރުގެ ޕެއިންޓް ކުރާ މީހާގެ މިއޮޕަރޭޝަނަށް 12 ގަޑިއިރު ހޭދަވިކަމަށް ޑޮކްޓަރުން ބުނެއެވެ. އޮޕަރޭޝަނަށްފަހު ބަލިމީހާ މިމަހުގެ 7 ވަނަ ދުވަހު ދޫކޮށްލާނެ ކަމަށް ޑޮކްޓަރުން ބުނެ އެވެ.

މަރުވެފައިވާ މީނާ މެހެތާ ނަމަކަށްކިޔާ އަންހެނެއްގެ ދެއަތް ބޭނުންކޮށްގެން ޕެއިންޓް މަސައްކަތްކުރާ މީހަކަށް ދިރިއުޅުމުގައި އުއްމީދެއް ލިބުނުއިރު، މީގެކުރިން މީނާ މެހެތާގެ ލޮލުގެ ކޯނިއާ އާއި ލިވަރ އަދި ކިޑްނީވެސް ބަލިމީހުންނަށް ވަނީ ދީފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު