ޚަބަރު
ދައުލަތުގެ ކާރެއް އަމިއްލަ އަށް މޮޑިފައިކުރުމުން މާނިއުއަށް ފާޑުކިޔުން
ކަސްޓާމްސްގެ ކާރުގައި ރަން ކުލަ ޖައްސާފައި--
ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު އަމިއްލަ ހަރަދުގައި ދައުލަތުގެ ކާރުގައި ރަން ކުލަ ޖައްސައި ބަދަލު ގެނައި މައްސަލައިގައި ފާޑު ކިޔުން އަމާޒުވުމުން އަލުން އެ ބަދަލުކުރަން ނިންމައިފި އެވެ.

މޮޑިފައި ކޮށްފައިވާ މި ކާރުގެ ފޮޓޯ ޓްވިޓާގައި ހިއްސާކޮށް މާނިއު ބުނެފައިވަނީ، އެ ކާރަކީ ކަސްޓަމްސްއިން އިފްތިތާހު ކުރަން އުޅޭ އެނަފޯސްމަންޓް އެންޑް ބޯޑާ ޕްރޮޓެކްޝަން ޑިޕާޓްމަންޓުގައި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ ކާރެއް ކަމަށެވެ.

"މިކަމަށްޓަކައި ދައުލަތުގެ ފައިސާ ބޭނުންކޮށްފައެއް ނުވާނެ. ހުރިހާ ކަމެއް ވެސް ކުރީ އަޅުގަނޑުގެ އަމިއްލަ ހަރަދުގައި،" އޭނާ ވިދާޅުވި އެވެ.

މާނިއު ވަނީ އެ ބަދަލު ގެނެވުނީތީ އާންމުންގެ ކިބައިން މާފަށް އެދިވަޑައިގެންފަ އެވެ.

ނަމަވެސް އަމިއްލަ ހަރަދުގައި ދައުލަތުގެ މުދަލަށް ބަދަލު ގެނައި މައްސަލައިގައި ވެސް ބައެއް ފަރާތްތަކުން ވަނީ އޭނާ އަށް ފާޑުކިޔައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު