ވިޔަފާރި
ޖެނުއަރީ މަހު ރާއްޖެއަށް 5.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފި
ނިމުނު ޖެނުއަރީ މަހު ރާއްޖެއަށް 5.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުން ދައްކައިފި އެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖަނަވަރީ މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް 349 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މި އަހަރުގެ ޖަނަވަރީ މަހު މި ޢަދަދުވަނީ 373 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ޖަނަވަރީ މަހު އިމްޕޯޓް އިތުރުވެފައިވާއިރު އެކްސްޕޯޓް ދަށްވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. 2023 ވަނަ އަހަރުގެ ޖަނަވަރީ މަހު ދިވެހިރާއްޖެއަށް 3.9 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މިއަހަރުގެ ޖަނަވަރީ މަހު މިޢަދަދުވަނީ 5.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެހެންކަމުން މިއީ %31 އިތުރުވުމެކެވެ.

އެކްސްޕޯޓަށް ބަލާއިރު މިއަހަރުގެ ޖަނަވަރީ މަހު 173 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ ޖަނަވަރީ މަހު އެކްސްޕޯޓް އުޅެނީ 251 މިލިއަނުގައެވެ. އެހެންކަމުން މިއީ %31 ދަށްވުމެކެވެ.

ޖަނަވަރީ މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތައް:

ޖެނުއަރީ މަހު ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މުދާ އިމްޕޯޓް ކޮށްފައިވާ ގައުމުތަކަކީ ޔޫއޭއީ އާއި އޮމާން އާއި އިންޑިއާ އާއި ޗައިނާ އާއި ސިންގަޕޫރެވެ. އެންމެ ގިނައިން މުދާ ބޭރު ކުރީ ތައިލޭންޑާއި ޖަރުމަނާއި އިނގިރޭސިވިލާތާއި ބަންގްލަދޭޝް އަދި އިންޑިއާ އަށެވެ.  

  * ޔޫ.އޭ.އީ - 938 މިލިއަން ރުފިޔާ
  * އޮމާން - 774 މިލިއަން ރުފިޔާ
  * އިންޑިއާ - 700 މިލިއަން ރުފިޔާ
  * ޗައިނާ - 671 މިލިއަން ރުފިޔާ
  * ސިންގަޕޯ - 550 މިލިއަން ރުފިޔާ



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު