ޚަބަރު
ދިރާގުއިން ރޯދަ އެއިޑު ގެ ދަށުން 100 އާއިލާއަކަށް އެހީވެއްޖެ
ދިރާގުން މަމްސް އެއިޑްއާ ގުޅިގެން ރަމަޟާން އެއިޑު ގެ ދަށުން 100 އާއިލާއަކަށް އެހީވުން - ފޮޓޯ: ދިރާގު
ދިރާގާއި މަމްސް އެއިޑް ޖަމިއްޔާ ގުޅިގެން "ރަަމަޟާން އެއިޑް" ކެމްޕެއިންގެ ދަށުން، މި އަހަރުގެ ރޯދަ މަހު އެހީ ބޭނުންވެފައިވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

މަމްސް އެއިޑަކީ އަންހެނުން، ހާއްސަކޮށް މަންމައިން، ބާރުވެރިކުރުވައި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

އެގޮތުން "ރަމަޟާން އެއިޑް" އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދެވޭ މުހިންމު ޕްރޮގްރާމަކަށްވާއިރު، މި ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ އާންމުންނަށްވެސް ހުޅުވާލެވިފަ އެވެ.

މަމްސް އެއިޑްގެ އެގްޒެކްޓިވް ޑިރެކްޓަރ އަދި ޖެނެރަލް ސެކެޓްރީ، ފާތުމަތު ރިޔާސާ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުގައި އެ ޖަމިއްޔާގެ ބެލުމުގެ ދަށުގައި ތިބި 100 އާއިލާއަކަށް އެހީތެރިވި ކަމަށްޓަކައި ދިރާގަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ދިރާގުގެ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ބޭނުންވެފައިވާ ތިބި އާއިލާތަކަށް ރޯދަމަހު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަމްސް އެއިޑްއަށް އެއްބާރުލުން ދިނުމަކީ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ކުރަމުންދާ އަގުހުރި މަސައްކަތުގެ އަގު ވަޒަންކޮށް އެ ޖަމިއްޔާއަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރަން،" އޭނާ ވިދާޅުވި އެވެ.

މަމްސް އެއިޑަކީ އަންހެނުން، ޚާއްޞަކޮށް މަންމައިން، ބާރުވެރިކުރުވައި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި މަސައްކަތްކުރާ ޖަމިއްޔާއެކެވެ. މި ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ އާންމުންނަށްވެސް ހުޅުވާލައިފަ އެވެ.

ދިރާގުން ދަނީ އަންހެނުން ބާރުވެރިކުރުމަށާއި މުޖުތަމައުއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތަކަށް އަބަދުވެސް އެއްބާރުލުން ދެމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު