ޚަބަރު
ހިތަދޫގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކުރާނެ ބަޔަކު ހޯދަނީ
އައްޑޫ ސިޓީގެ ހިތަދޫގައި ޓޫރިޒަމް ޒޯން ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އީދިގަލި ޓޫރިޒަމް ޒޯނުގެ ގާތްގަނޑަކަށް 21،000 އަކަ މީޓަރުގެ ސަރަހައްދެއް ކަނޑައަޅައި، އެ ސަރަހައްދުގައި ޓޫރިޒަމް ވަސީލަތްތައް ތަރައްގީ ކުރުމަށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ސަރަހައްދު ކުއްޔަށް ދޫކުރެވޭނީ 50 އަހަރުގެ މުއްދަތަށް ކަމަށާއި އެ ތަނުގައި ތަރައްގީ ކުރެވޭނެ އިންވެސްޓްމަންޓުތަކުގެ ތެރޭގައި ސިޓީ ހޮޓަލާއި ގުޅުން ހުރި ޓޫރިޒަމް ވަސީލަތްތައް ހިމެނޭ ކަމަށް އިއުލާނުގައި ބުންޏެވެ.

އެ މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ގަތުމުގެ ފުރުސަތު ވަނީ މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:30 އާ ހަމައަށް ހުޅުވާލައިފަ އެވެ.

ބިޑް ބަލައިގަންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އަށެވެ.

އީދިގަލި ޓޫރިޒަމް ޒޯނަކީ އައްޑޫގައި ލޯކަލް ޓޫރިޒަމް ތަރައްގީކޮށް ފުޅާކުރުމަށްޓަކައި ކަނޑައެޅި ފަސް ޓޫރިޒަމް ޒޯންގެ ތެރެއިން ޒޯނެކެވެ.

މިދިޔަ ސަރުކާރުން ވެސް އައްޑޫގެ ޓޫރިޒަމް ކުރިއެރުވުމަށް އެކަމަށް ބޭނުންވާ ބިން ހިއްކުމުގެ ބިޔަ މަޝްރޫއެއް ފެށިއެވެ. އަދި އައްޑޫގެ ޓޫރިޒަމް ކުރިއެރުވުމަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެސް ވައުދުފުޅެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު