ލައިފްސްޓައިލް
ރެސިޕީ: ރޯސް ޕާން
ރޯސް ޕާނަކީ ތަފާތު ގޮތްގޮތަށް ތައްޔާރުކޮށްލެވޭ އެއްޗެކެވެ. މިއަދުގެ ރެސިޕީ ރޯސް ޕާނަކީ އަކީ ރޯސް ޕާނެވެ. ތަންކޮޅެއް ފަސޭހަކޮށް ތައްޔާރުކޮށްލެވޭ ރޯސް ޕާން މިއީ އެކި ބާވަތްތަށް މޭޒުމައްޗަށް އިތުރުކުރަން ބޭނުންނަމަ މާ ބުރަ މަސައްކަތަކާއި ނުލާ ތައްޔާރުކޮށްލެވިދާނެ އެއްޗެކެވެ.

ބޭނުންވާ ތަކެތި:

 1 ޕާން 

 1 ދަޅު ގެރިކިރު

 8 ބިސް

 3 ސަމްސާ ހަކުރު


ހަދާނެ ގޮތް:

ފުރަތަމަ ޕާން ފޮތިތަށް ކައިރި ނަގާލާފަ މެދުން އަރިއަކަށް ފޮތިކޮށްލާށެވެ. އެއަށްފަހު ގެރިކިރު ދަޅާ ބިސް ތަށް ރަނގަޅަށް މިކްސް ކޮށްލާފަ އެހެން ތަށްޓަކަށް ނަގާށެވެ. ދެން ތަށްޓަކަށް ކުޑަ ފެން ފޮދެއް އަޅާފަ ހަކުރުކޮޅު އޭގައި ރަނގަޅަށް ގިރާލާށެވެ.އެއަށްފަހު ތަވާ ހޫނުވީމަ ފަހަރަކު ޕާންފޮއްޗެއް ގިރި ހަކުރު ކޮޅަށްލާފަ އެއަށްފަހު މިކުސް ކުރި ބިހާ ގެރިކިރު ތެރޭ ރަނގަޅަށް ފޯ ކޮށްލާފަ ތަވައަށް ލާފަ ފިހެލާށެވެ. މީ ރޯދަމަހު ރޯދަ ވީއްލަ ގަޑީގަ ކާލަން ވަރަށް މީރު ފޮނި އެއްޗެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު