ވިޔަފާރި
ހުޅުމާލޭގައި 400 ހައުސިން ޔުނިޓްގެ މަޝްރޫއެއް ފަށަނީ
ސައުދީ ސަރުކާރުގެ އެހީގައި ހުޅުމާލޭގައި 400 ހައުސިން ޔުނިޓް އަޅަން ފައިނޭންސް އެގެރިމެންޓެއްގައި ސޮއިކޮށްފި އެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢުއަކީ ސައުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓްގެ އެހީގެދަށުން ކުރިއަށްގެންދާ މަޝްރޫޢެއްކަމަށެވެ. މާލީ ވުޒާރާއާއި ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓްއާއި ދެމެދު މި މަޝްރޫޢުގެ ފައިނޭނެސް އެގްރިމަންޓުގައި މިހާރު ވަނީ ސޮއިކޮށްފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރަކީ ކުރިއަށް އޮތް 5 އަހަރު ނިމޭއިރު ރާއްޖޭގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތް އެއްވެސް މީހަކު ނެތުމެވެ. އެގޮތުން ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި 65000 އަށްވުރެ ގިނަ ބޯޙިޔާވަހިކަން ފަހިކޮށްދިނުމުގެ މަސައްކަތްތައް ސަރުކާރުން ވަނީ ފައްޓަވާފައެވެ.

އެންމެ ބޮޑު މަސައްކަތަކީ މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ "ރަސްމާލެ" މަޝްރޫޢުއެވެ. މި ޕްރޮޖެކްޓްގެދަށުން 1153 ހެކްޓަރުގެ ބިން ހިއްކާނެއެވެ. ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ޑިސެމްބަރު މަހު ވަނީ ފަށާފައެވެ. ފުށިދިއްގަރު ފަޅުން ހިއްކާ ބިމުން 11000 ގޯއްޗާއި، 26000 އަށްވުރެ ގިނަ ފްލެޓް ދޫކުރައްވާނެކަން ރައީސް ވަނީ ހާމަކުރައްވާފަ އެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު