ޚަބަރު
ބޭރުގެ ސިފައިން ތިބޭގޮތަކަށް އެއްވެސް ސިޔާސަތެއް ނުގެންގުޅޭނަން
ރާއްޖޭގައި ބޭރުގެ ސިފައިން ތިބޭނެގޮތަކަށް އެއްވެސް ސިޔާސަތެއް ނުގެންގުޅޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކޮންމެ ދުވަހަކު ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު" ގައި މީހަކު ސުވާލުކުރީ މި ފަހުން ގެނައި ޑްރޯންތައް ދުއްވުމުގައި އެެއްވެސް އިތުރު ގެއުމެއްގެ ސިފައިން ތިބޭނެތޯ އެވެ. އޭނާ އެގޮތަށް ސުވާލުކުރީ މީގެ ކުރިން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގައި އިންޑިއާގެ ސިފައިން ހަރަކާތްތެރިވެފައިވާތީ އެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އެއްގޮތަކަށް ވެސް ބޭރުގެ ސިފައިން ރާއްޖޭގައި ގެންގުޅުމުގެ ސިޔާސަތު އެ މަނިކުފާނު ނުގެންގުޅުއްވާނެ ކަމަށެވެ. އެހެންވެ، އެ ޑްރޯންތައް ބޭނުންކުރާނީ ހަމައެެކަނި ދިވެހި ސިފައިން ކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ސިފައިންގެ ޓީމެއް ވަނީ ތުރުކީގައި ޑްރޯންތައް ދުއްވުމުގެ ހާއްސަ ތަމްރީނުތައް ފުރިހަމަކޮށްފައި ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ސިފައިން ތަމްރީނުވުމަށް އެ ގައުމަށް ދާނެ ކަމަށެވެ. އެކަމަކު އެ ޑްރޯންތައް ދުއްވުމުގައި އެހީތެރިވާން ވެސް ބޭރުގެ ސިފައިން ނުތިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

މިހާރުވެސް ޑްރޯންތައް ދުއްވަނީ ދިވެހި ސިފައިން ތުރުކީއަށްގޮސް ތަމުރީނު ހޯދައިގެން އައިސް ކަމަށާއި، އިތުރު ސިފައިންވެސް ތަމްރީނު ހޯދުމަށް ދާނެ ކަމަށެވެ. އަދި ޑްރާންތައް ދުއްވުމުގައި އުޅޭނީ ދިވެހި ސިފައިންކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

"އިހަށްދުވަހު ތައާރަފްކުރި ސިފައިންގެ އެއާ ކޯ ސާވިސްގައި ވެސް އަދި އޭގެ ދަށުން ޑްރޯންތައް ދުއްވުމުގައި ނުތިބޭނެ ބޭރުގެ ސިފައިންނެއް. ބޭރުގެ އެއްވެސް ސިފައިނެއް ނުތިބޭނެ އެކަމަށް އެހީތެެރިވުމަށް ވެސް. ތުރުކީއަށް ރާއްޖޭގެ ސިފައިން ގޮސް އެތަނުން ތަމްރީން ހޯދައިގެން އައީ. އައިސް ދިވެހި ސިފައިން ޑްރޯންތައް އޮޕަރޭޓްކޮށް ދުއްވަނީ. ކުރިއަށް އޮތްތާގައި އިތުރު ބެޗްތައް ޓްރެއިން ހެދުމަށް ދާނެ މިހާރު ވެސް ގޮސް އެބަ އުޅޭ ޓްރެއިނިންގައި.” ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު