ޚަބަރު
ވޯޓްލެވޭ މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފި
އަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި އެވެ. 

އިންތިހާބުގައި ވޯޓްލެވޭ މީހުންފެ ފައިނަލް ލިސްޓް އާންމުކޮށްފައި މި ވަނީ ކުރިން މި މަހުގެ 17 ގައި ބާއްވަން ނިންމި އިންތިހާބު އަންނަ މަހުގެ 21 އަށް ފަސްކުރުމުން ވޯޓްލުމުގެ ހައްގު ލިބުނު އިތުރު 560 މީހުންނާ އެކީގަ އެވެ. އެ އަދަދާ އެކީ އެކީ ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު މިހާރު 284،887 އަށް އަރަ އެވެ.

މީގެ ތެރޭގައި ހިމެނެނީ 139،361 އަންހެނުންނާއި 145،302 ފިރިހެނުން ހިމެނެއެވެ.  ވިހި ވަނަ މަޖިލިސް އިންތިހާބުގައި 93 ދާއިރާ އަށް 369 ކެންޑިޑޭޓުން ވާދަކުރެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު