ޚަބަރު
ނަޝީދު އިނގިރޭސި ރަސްގެފާނާ ބައްދަލުކުރައްވައިފި
ސިޔާސީ ކަންކަމުން މިހާރު ދުރުގައި ހުންނެވި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްއާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.

އިނގިރޭސި ރަސްގެފާނު ޗާލްސް، ރައީސް ނަޝީދާ ބައްދަލުކުރައްވާފައިވަނީ އިއްޔެ އިނގިރޭސި ގަނޑުވަރު ބަކިންހަމް ޕެލަސްގައެވެ.

މި ބައްދަލުވުމާގުޅޭ އިތުރު އެއްވެސް ތަފުސީލެއް އިނގިރޭސި މީޑިއާއަކުން އަދި ރައީސް ނަޝީދުގެ ފަރާތްޕުޅަކުންވެސް ހާމަކުރައްވާފައެއް ނުވެއެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ މަގުބޫލު އެއް ޝަހުސިއްޔަތު ކަމަށްވާ ނަޝީދު ގާނާ އަށް ވަޑައިގަތީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގަތުމަށެވެ. އޭނާ ރަސްގެފާނު ޗާލްސްއާ ބައްދަލުކުރެއްވީ ވެސް އެ މަގާމުގެ ހައިސިއްޔަތުންނެވެ.

ސީވީއެފްގެ މިހާރުގެ ރިޔާސަތަކީ ގާނާ އެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުން ނަޝީދު ދުރަށް ވަޑައިގަންނަވަން ނިންމެވީ ސީވީއެފްގެ މަގާމު ގާނާގެ ރައީސް އެ މަނިކުފާނަށް ހުށަހެޅުއްވުމާ އެކު އެވެ. ސީވީއެފްގެ އެ ކޮންފަރެންސްއަށް ނަޝީދު ވަޑައިގެންނެވީ މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ފަހު އެވެ. އެކަމަކުު އެމަނިކުފާނު އަދިވެސް ހުންނެވީ މައްޗަންގޮޅި މެދު ދާއިރާގެ މަޖިލިސް މެމްބަރުގެ ގޮތުގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު