ވިޔަފާރި
ދިރާގު ގުޑިފެސްޓް، މިއަދު ހުޅުމާލޭގައި
ދިރާގު ގުޑިފެސްޓް މިއަދު ހުޅުމާލޭގައި ބޭއްވުމަށް އެ ކުންފުނިން ނިންމައިފި އެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ހަރަކާތް އޮންނާނީ މިއަދު ހަވީރު 5:00 އިން 6:00 އަށް ދިރާގު ބީޗް، ހުޅުމާލެ ފޭސް 2ގެ އެންޓްރެންސްގައެވެ. 

ހުރިހާ އުމުރުފުރައެއްގެ ކުދިންނަށް ދިރާގު ގުޑިފެސްޓްގައި ބައިވެރިވެވޭނެކަމަށާއި އަދި މި އިވެންޓަށް އަންނަ ކޮންމެ ކުއްޖަކަށްވެސް ހިލޭ ގުޑިއެއް ލިބިގެންދާނެކަމަށް ދިރާގުން މައުލޫމާތުދެ އެވެ. 

ދިރާގު ގުޑިފެސްޓާ ބޭއްވުމުގެ މަގުސަދަކީ ރަމަޟާން މަހު ދިވެހިންގެ މެދުގައި އޮންނަ ޒަމާންވީ، ސަގާފީ އާދަކާދައެއް ކަމަށްވާ ގުޑި އެރުވުމުގެ ހަރަކާތަށް ގިނަ ކުދިން އަހުލުވެރި ކުރުވުން ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ވޭތުވެދިޔަ ރަމަޟާން މަހެކޭ އެއްފަދައިން މި އަހަރުވެސް ދިރާގު ގުޑިފެސްޓް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާނެކަމަށް ދިރާގުން ބުންޏެވެ.

މި ރަމަޟާން މަހުގެ ފުރަތަމަ ގުޑިފެސްޓް އިވެންޓް ވަނީ މިދިޔަ އަންގާރަ ދުވަހު މާލޭ އުސްފަސްގަނޑުގައި ބާއްވާފައެވެ. މި ހަރަކާތަށް ވަނީ އާންމުންގެ ހޫނު ތަރުޙީބެއް ލިބިފައެވެ.

ދިރާގުން އަންނަނީ ރަމަޟާން މަހާ ގުޅުވައިގެން އާންމުންނަށް ހިތްގައިމު ހަރަކާތްތަކާއި އޮފާތައް ގެނެސްދެމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު