ޚަބަރު
އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާކުރާ ގަރާރު ފާސްކޮށްފި
އިޒްރޭލުން ފަސްލަތީނުގެ ބިންތައް ފޭރިގަނެ، އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން، އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކޮށް އިޒްރޭލުގެ އުފެއްދުންތައް ރާއްޖެ ގެނައުން މަނާކުރަން ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން އެވެ. މި ގަރާރު ފާސްކޮށްފައިވަނީ 41 މެމްބަރުންގެ ވޯޓާއެކު އެވެ.

ސައުދު ހުށަހަޅާފައިވާ ގަރާރުގައި ގޮވާލާފައިވަނީ އިޒްރާއީލުން ފަލަސްތީނުގެ އެކި ސަރަޙައްދު ތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތަށް ކުއްވެެރިކޮށް އެހަމަލާތަށް ވަގުތުން ހުއްޓާލުމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރާއީލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތަށް ކުށްވެރިކޮށް އެއަނިޔާތަށް ހުއްޓާލާ ފަލަސްތީނުގައި އިންސާނީ ހައްޤުތަށް ކަށަވަރުކޮށް، އިޒްރާއީލުން ފަލަސްތީނުގެ ކިބައިން ފޭރިގެންފައިވާ އެންމެހާ ބިންތަކުން ފައިބާ އަދި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށެވެ.

މީގެއިތުރުން މި ގަރާރުގައި ވަނީ އިޒްރޭލުގެ އަނިޔާތަކާއި ދެކޮޅު ހެދުމުގެ ގޮތުން ރާއްޖެއަށް އިޒްރޭލު ރައްޔިތުން އެތެރެވުން މަނާކުރުމާއި އިޒްރޭލުގައި އުފައްދާ އަދި އެގައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ގޮވާލާފަ އެވެ.

މިފަދަ ގަރާރެއް ފާސްކޮށްފައިވާއިރު ދާދިފަހުން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާކުރުމަށް ސަރުކާރަށް ލަފާދޭން ވެސް ނިންމައިފަ އެވެ. އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ އިމިގްރޭޝަންގެ ގާނޫނު އިސްލާހުކޮށް، އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ބިލެއް ވެސް މަޖިލީހަށް ހުށަހަޅާފަ އެވެ.

ހަމަލާތަކުގެ ސަބަބުން އިންސާނީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ޣައްޒާގެ 2.3 މިލިއަން މީހުންނަށް އެހީ ފޯރުކޮށްދިނުން ވެސް އިސްރާއީލުން އޮތީ ހުއްޓުވައިފަ އެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 32،705 މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު