ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އެސްއޯގެ އޮޕަރޭޝަން ފެށުމުގެ ކުރިން މައިގަނޑު ފަސް ކަމެއް ކުރުމަށް އަންގައިފި
އިސްމާއިލް ރިޒާ
10 އޭޕްރީލް 2024 - 23:45
0
comments
Tweet
Telegram
ރޭގައި ޣިޔާސުއްދީން ސްކޫލްގައި އެސްއޯ ފުލުހުން ހަރަކާތްތެރިވި ގޮތް ގޯސްވެ، ސްޕެޝަލިސްޓް އޮޕަރޭޝަންސް ފުލުހުން ހަރަކާތްތެރިވާން ޖެހޭ އޮޕަރޭޝަނަލް ހާލަތްތައް އަލުން ކަނޑައަޅައި، އެ ހާލަތްތަކުގައި ވެސް ފުލުހުން ހަރަކާތްތެރިވުމުގެ ކުރިން، ޕޮލިސް ކޮމިޝަނަރުގެ ސީދާ ހުއްދައެއް ބޭނުންވާ ގޮތަށް އަމަލު ކުރުމަށް، ހޯމްލޭންޑް މިނިސްޓްރީން ފުލުހަށް އަންގައިފި އެވެ.
ރޭ ޣިޔާސުއްދީން ސްކޫލް ގައި އެސްއޯ ފުލުހުން ހަރަކާތްތެރިވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަން ހިނގާ ދިޔަގޮތާއި ގުޅޭގޮތުން ތަހުގީގެއް ހިންގާ މިއަދު އިރުއޮއްސުމުގެ ތަހުގީގު ރިޕޯޓެއް ހުށައަޅަން ރައީސް އެންގެވި އެވެ. އެ ވަގުތުގެ ކުރީން ތަހުގީގު ރިޕޯޓް ވަނީ ރައީސަށް އަރުވާފައެވެ.
ހޯމް މިނިސްޓްރީން ބުނީ އެ ރިޕޯޓާއި ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މެދުވެރިކޮށް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއުއަށް އަންގަވާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ:
1- ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން އެންގޭޖު ވާން ޖެހޭނެ އޮަޕަރޭޝަނަލް ހާލަތުތައް އަލުން ކަނޑައަޅައި، އެ ހާލަތުތަކުގައި ވެސް އެސްއޯ ފުލުހުން ނެރުމުގެ ކުރިން ޕޮލިސް ކޮމިޝަނަރުގެ ސީދާ ހުއްދަ ހޯދުން.
2- ފުލުހުންގެ އޮޕަރޭޝަނަލް ކޮމާންޑް އެންޑް ކޮންޓްރޯލް އަލުން ރީސްޓްރަކްޗާކޮށް، މިހާރު ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުން.
3- ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ސަރަހައްދަށް އެސްއޯ ފުލުހުން ރޭ ނެރުނު ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގުކޮށް، އެއްވެސް މީހަކު އިހުމާލު ވެފައިވާ ނަމަ އެ މީހަކަށް ގާނޫނީ ފިޔަވަޅު އެޅުން.
4- އޮޕަރޭޝަނަލް ހާލަތުތަކުގައި މީޑިއާ އަށް މައުލޫމާތު ދިނުމުގައި އަމަލުކުރާ އުސޫލު މުރާޖައާކޮށް، މިހާރަށް ވުރެ ދެފުށް ފެންނަ އަދި ތަފުސީލުކޮށް ރައްޔިތުންނަށް މައުލޫމާތު ހާމަކުރެވޭނެ ގޮތްތައް ކަނޑައެޅުން.
5- ޣިޔާސުއްދީން ސްކޫލް ކައިރީގައި އެސްއޯ ފުލުހުން ރޭ ބާރުގެ ބޭނުންކޮށްފައިވާ ގޮތް "ޔޫޒް އޮފް ފޯސް ރިވިއު ކޮމިޓީ" އިން ބަލައި ފިޔަވަޅު އެޅުން
މިއަދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ރޭ ހިނގި ކަންތައްތަކާ އެމަނިކުފާނު ހިތާމަ ކުރައްވާ ކަމަށެވެ. ރޭގައި ފުލުހުން ހަރަކާތްތެރިވީ ގޯސްކޮށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އެހެން ވިދާޅުވި ނަމަވެސް ރޭ ގިޔާސުއްދީން ސްކޫލަސް ފުލުހުން ފޮނުވީ ސީދާ ރައީސް އަންގަވައިގެން ކަމަށް ޕީއެންއެފްގެ އިސް ވެރިން ބުނެ އެވެ. އެކަން އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވަނީ "ޑެމޭޖް ކޮންޓްރޯލް" ކުރަން ކަމަށް ވެސް ޕީއެންއެފް އިން ބުނެ އެވެ.
ހޯމް ލޭންޑް މިނިސްޓްރީން ބުނީ ސަރުކާރުގެ ވިސްނުމަކީ އޯގާތެރި، ކުލުނުވެރި، ޕްރޮފެޝަނަލް އަދި ޖަވާބުދާރީވަނިވި ފުލުހުންގެ ހިދުމަތެެއް ރައްޔިތުންނަށް ފޯރުކޮށް ދިނުން ކަމަަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ގަޑިއިރު ކުރިން
0
ސިވިލް ސަރވިސްއިން ވަކިވެފައިވާ މީހުން ވަޒީފާއާ އަލުން ގުޅުމުގެ ފުރުޞަތު ފަހިކޮށްދެއްވަނީ
15 ގަޑިއިރު ކުރިން
0
ކޮމިޝަނަރ އެދިވަޑައިގަތީ ފުލުހުންގެ ހިދުމަތުގައި އަންހެނުންގެ ދައުރު މިހާރަށްވުރެ ބޮޑުކުރުމަށް
2 ދުވަސް ކުރިން
0
ޔާމީނުގެ ރިޔާސަތުގައި ޕީއެންއެފްގެ ފުރަތަމަ ސެނެޓް ބާއްވައިފި
3 ދުވަސް ކުރިން
0
ތުރުކީއަށް 214 ބާވަތަކުން ސުން ޕަސަންޓުގައި އެކްސްޕޯޓް ކުރެވޭ ގޮތް ހަދަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހުޅުމާލޭގައި ގްރޫޕް މާރާމާރީއެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ
3 ގަޑިއިރު ކުރިން
0
ކުރިއަށް އޮތް ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ރޯދަ އަށް
4 ގަޑިއިރު ކުރިން
0
ބީއެމްއެލް އަށް ފުރަތަމަ ކުއާޓާގައި 493 މިލިއަން ރުފިޔާގެ ފައިދާ
4 ގަޑިއިރު ކުރިން
0
ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 850 މިލިއަން ރުފިޔާ ދޫކޮށްފި
4 ގަޑިއިރު ކުރިން
0