ދީން
ބަރާބަރަށް ނަމާދު އަދާކުރުމަކީ، މީހާގެ އަމަލުތައް ސީދާވާ ކަމެއް: ހުތުބާ
ބަރާބަރަށް ނަމާދު އަދާކުރުމަކީ، މީހާގެ އަމަލުތައް ސީދާވާ ކަމެއް ކަމަށާއި މިކަން ކާމިޔާބުވާނީ ހެދިބޮޑުވަމުން އަންނަ ޒުވާނުން ޖީލަކީ ހެޔޮލަފާ ޖީލަކަށް ހެދިގެންކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާގައި ބުނީ ދަރިން އެންމެ ތުއްތު އިރުން ފެށިގެން ނަމާދަށް އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިޔަތެއް ކަމަށެވެ. އެގޮތުން މައިން ބަފައިން ގޭތެރޭގައި ނަމާދުކުރާ މަންޒަރު ކުއްޖާއަށް ފެނުމަކީ ނަމާދު ކުރުމަށް އާދަވާނެ ކަމެއް ކަމަށާއި ނަމާދުކުރަން ކުއްޖާ ދަސްކުރާނެ ކަމަށް ވަނީ ބުނެފައެވެ.

"ތިޔަބައިމީހުންގެ ދަރިންގެ އުމުރުން ހަތް އަހަރުވުމުން ނަމާދު ކުރަން އެކުދިންނަށް އަމުރުކުރާށެވެ! އަދި ދިހަ އަހަރުވުމުން ނަމާދު އަޅައިފިނަމަ އެކަމަށް އަހުލުވެރި ކުރުވުމަށްޓަކައި ކުރާ އެންމެ ފަހުކަމަކަށް އަނިޔާނުވާނޭ ގޮތަށް ގައިގައި ޖަހައިގެން ނަމަވެސް އަދަބުވެރިކުރުވާށެވެ! އަދި އެކުދިން ނިންދަވާ ތަންމަތިތައް ވަކި ކުރާށެވެ." ރަސޫލާ ހަދީސްކުރައްވާފައިވެ އެވެ.

މުސްލިމަކަށް ވުމަށް ބޭނުންވާ މައިގަނޑު ޝަރުޠަކީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި ހިތުން ތެދުކޮށް ޤަބޫލުކޮށް، ބަހާއި ޢަމަލުން ކިޔަމަންތެރިކަން އަދާކުރުން ކަމަށާއި، އެއަށްފަހު، ދެން އެންމެ އިސްކަމެއް ދޭން ޖެހެނީ ނަމާދަށްކަން ހުތުބާގައިވަނީ ހަނދާންކޮށްދީފަ އެވެ.

ހުތުބާގައި ވިދާޅުވީ އެންމެ ތުއްތުއިރުން ފެށިގެން ދަރިން، ނަމާދަށް އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިޔަތެއްކަމަށެވެ. 

ގިޔާމަތް ދުވަހުގައި އެންމެ ފުރަތަމަ ބެއްލެވޭނީ ނަމާދުގެ ހިސާބުކަން ދަރިންނަށް ވިސްނުވައިދީ ނަމާދަށް އަހުލުވެރި ބަޔަކަށް ހެދުމަށް ައމަލީ ގޮތުން ކުރެވޭ މަސައްކަތްތަކުގެ އިތުރަށް، ދަރިންނަށްޓަކައި ހެޔޮ ދުއާކުރުމަކީ ވެސް، ކުރަން ޖެހޭނެ ކަމެއް ކަމަށް ހުތުބާގައިވެ އެވެ. ޓީޗަރުންނަކީ ދަރިންގެ ދެވަނަ މައިންބަފައިން ކަމަށާއި ދަރިންނަށް އިލްމު އުނގަންނައިދިނުމުގެ ޒިންމާ އަދާކުރާ ފަރާތް، (މުދައްރިސުން) އެ ކުދިންނަށް އުނގަންނައިދޭ ފިލާވަޅުތަކަކީ ހަމައެކަނި ކިޔަވައިދޭ އެއްޗެއް ކަމުގައި ނުހެދުމަށް ހުތުބާގައިވެ އެވެ.

ޓީޗަރުންނަކީ ދަރިވަރުންނަށް ނަމޫނާ ދައްކާ ކުދިންވެސް ނަމާދުތަކަށް ފަރުވާތެރި ކުރުވަން ވަނީ ގޮވާލައިފަ އެވެ.

"ނަމާދު ކުރުމުގެ މުހިއްމުކަން ކުދިންނަށް ކިޔައިދޭއިރު މުދައްރިސުންގެ ފަރާތުން އެ ނަމޫނާ ފެނުމަކީ ކުދިންވެސް ނަމާދުތަކަށް ފަރުވާތެރި ވާނެ ސަބަބެއް. ނަމާދަކީ ޢުމުރުން ދުވަސްވީ މީހުންނާއި ބަލިތަންމަތީގައި އޮންނަ މީހާއާއި ދަތުރެއްމަތީ އުޅޭ މީހާއާއި ހަނގުރާމައިގެ ހާލަތުގައި ހަނގުރާމައިގެ މައިދާނުގައި ހުންނަ މީހާވެސް ކުރަން އަންގަވާފައިވާ އަޅުކަމެއް،" ހުތުބާގައި ބުންޏެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު