ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ދުނިޔެ
ޓާޓާ އުމުރުފުޅުން 86 އަހަރުގައި އަވަހާރަވެއްޖެ
ހަސަން ހަލީމް
10 އޮކްޓޫބަރ 2024 - 11:42
0
comments
ޓާޓާ ގްރޫޕުގެ ޗެއާމަން ރަތަން ޓާޓާ، އުމުރުން 86 އަހަރުގައި ވަނީ އަވަހާރަވެފައި --
Tweet
Telegram
އިންޑިއާގެ ކާމިޔާބު އާއިލީ ވިޔަފާރި ކުންފުނި ޓާޓާ ގްރޫޕް ދުނިޔޭގެ ވަރުގަދަ ނަމަކަށް ހެދުމުގެ މޭސްތިރި ކަމަށްވާ ރަޓަން ޓާޓާ އުމުރުން 86 އަހަރުގައި އިއްޔެ އަވަހާރަވެއްޖެ އެވެ.
ރަޓަންގެ ހިންގުންތެރިކަމުގައި ޓާޓާ ގްރޫޕް ބައިނަލްއަގުވާމީ ފެންވަރުގައި ވިޔަފާރިތައް ފުޅާކޮށް ވިޔަފާރީގެ ޕޯޓްފޯލިއޯ ސޮފްޓްވެއާ އުފެއްދުމުން ފެށިގެން ގޮސް ސްޕޯޓްސް ކާރު އުފެއްދުމާ ހިސާބަށް ފުޅާކުރި އެވެ.
އޭނާ އަވަހާރަވީ މުމްބާއީގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަަވަމުން ގެންދަވަނިކޮށެވެ. އިންޑިއާޓީވީ ނޫހުން ރިޕޯޓުކުރި ގޮތުގައި ފާއިތުވި ދުވަސްތަކުގެ ތެރޭ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެ ރަތަން ގެންދެވީ މުމްބާއީގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުންނެވެ.
ނަމަވެސް ހޯމަ ދުވަހު އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އޭނާގެ ސިއްހީ ހާލުކޮޅާ ގުޅިގެން ދެކެެވެމުން އަންނަ ވާހަކަތައް އެނގިލައްވާކަމަށް ވިދާޅުވެފައެވެ. ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތްކަން ފާހަގަކުރައްވައި އޭރު އޭނާ ވިދާޅުވީ އޭނާގެ އުމުރާ ގުޅިގެންނާއި، ހުރި ބައެއް ސިއްހީ ކަންކަމުގެ ސަބަބުން މެޑިކަލް ޗެކަޕެއް ހައްދަވަނީ ކަމަށެވެ.
"އަޅުގަނޑުމެންގެ ހިތްތަކަށް ލިބިފައިވާ ފުން ހިތާމައާއެކު، އަޅުގަނޑުމެން މިސްޓަރ ރަތަން ނަވަލް ޓާޓާއާ ވަކިވެލަމެވެ. އޭނާއަކީ ހަމައެކަނި ޓާޓާ ގްރޫޕް އެކަންޏެއް ނޫން، މުޅި ގައުމުގެ ފޭރާން ބައްޓަންކުރުމުގައި އިންތިހާއަށް މުހިންމު ދައުރެއް އަދާކުރެއްވި، ތަފާތު ލީޑަރެކެވެ،" ކުންފުނިން ބުންޏެވެ.
ރަތަން އަވަހާރަވުމާއެކު އިންޑިއާގެ އިސްވެރިންނާއި ވިޔަފާރިވެރިން ހިމެނޭހެން އެކި ބޭފުޅުންގެ ތައުޒިޔާގެ އެކި މެސެޖުތައް ސޯޝަކް މީޑިއާގައި އަންނަނީ ހިއްސާކުރައްވަމުންނެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ވިދާޅުވީ ރަތަން ޓާޓާއަކީ "ވިޝަނަރީ ވިޔަފާރިވެރިއެއް، އޯގާތެރި ރޫހެއްގެ ވެރިއެއް އަދި އާދަޔާ ޚިލާފު އިންސާނެއް" ކަމަށެވެ.
ޓާޓާ ތައުލީމު ހާސިލުކުރީ އެމެރިކާއިނެނެވެ. އޭނާ ތައުލީމު ހާސިލުކުރީ އާކިޓެކްޗާ އަދި ސްޓްރަކްޗަރަލް އިންޖިނިއަރިން ދާއިރާއިންނެވެ.
އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި، ޓާޓާ ގްރޫޕަށް އަހަރަކު 100 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބެ އެވެ. އެ ކުންފުނީގެ ވިޔަފާރިތައް ރާއްޖޭގައި އެބަ އޮތެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
ބަހަލްގަމަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މަރުވި މީހުންގެ އާއިލާތަކަށް ރައީސްގެ ތައުޒިޔާ
3 ދުވަސް ކުރިން
0
ކަޝްމީރުގައި ބަޑިން ދިން ހަމަލާތަކެއްގައި 26 މީހަކު މަރާލައިފި
24 ދުވަސް ކުރިން
0
އިންޑިއާއިން ރާއްޖެ އެތެރެކުރާ ޒަރޫރީ ތަކެތީގެ ކޯޓާ އިތުރުކޮށްދީފި
1 މަސް ކުރިން
0
ހަލީލް އާއި ޖައިންޝަންކަރު ބައްދަލު ކުރައްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެއިން ފުރާވަޑައިގެންފި
12 ގަޑިއިރު ކުރިން
0
މެއި އެއްވަނަ ދުވަހު އެމްޑީޕީގެ ބޮޑު އެއްވުމެއް ބާއްވަނީ
13 ގަޑިއިރު ކުރިން
0
މުލީ އެއާޕޯޓުގެ މަސައްކަތް ނިންމައި ޓެސްޓު ފްލައިޓު ޖައްސައިފި
13 ގަޑިއިރު ކުރިން
0
އަންހެން މީހާ ވެއްޓުން: އިއްޔެ ހައްޔަރުކުރި ރައުދު ބަންދަށް ފަސް ދުވަސް ޖަހައިފި
17 ގަޑިއިރު ކުރިން
0