ޚަބަރު
އެމްޑީޕީގެ ކޮންގްރެސް 1 އޮކްޓޯބަރަށް ފަސްކޮށްފި
ސަރުކާރުގެ ފަރާތުން ތަނެއް ހަމަޖައްސައިދިނުމުގައި އެއްބާރުލުން ނުލިބުމާ ގުޅިގެން، އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ ކޮންގްރެސް އަންނަ މަހުގެ ފުރަތަމަ ދުވަހު ބާއްވާ ގޮތަށް އެ ޕާޓީން ނިންމައިފި އެވެ.

އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން މުޙައްމަދު ޝިފާޒު ވިދާޅުވީ، އެ ޕާޓީއިން ކޮންގްރެސް ބޭއްވުމަށް ނިންމީ މާލޭ ސިޓީ ކައުންސިލްގެ ހޯލުގައި ކަމަށެވެ. އެގޮތުން ތާރީހު ކަނޑައެޅުމުގެ އިހުތިޔާރު ގައުމީ މަޖިލީހުން ސެކްރެޓޭރިއަޓަށް ދީފައިވަނީ މި މަހުގެ 1 ވަނަ ދުވަހު އެވެ. 

ޝިފާޒު ވިދާޅުވީ ސިޔާސީ ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލުގެނައުމަށް ކޮންމެ ފަސް އަހަރަކުން އެއް އަހަރަކު ކޮންގްރެސް އެއް ބާއްވަން ޖެހޭ ކަމަށެވެ. އެގޮތުން މިފަހަރުގެ ކޮންގްރެސް އަންނަ އޮކްޓޯބަރު މަހުގެ އެކަކުން ތިނަކަށް، މާލޭ ސިޓީ ހޯލުގައި ކުރިއަށްގެންދާނެ ކަމަށް ޝިފާޒު ވަނީ ވިދާޅުވެފައެވެ. އަދި ކޮންގްރެސް މަންދޫބުން ކަނޑައެޅުމާއި ކޮންގްރެސްގެ މުޅި ވަފުދު ކުރިއަށްއޮތް ދެތިން ދުވަހެއްގެ ތެރޭގައި ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވެފައެވެ.

ޝިފާޒު ވަނީ މިފަހަރުގެ ކޮންގްރެސްގައި ވަރަށް މުހިންމު ކަމެއްް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އެއީ އެ ޕާޓީގެ އެންމެ ބޮޑު އެއް އަމާޒު ކަމަށްވާ ގައުމަށް ލިބޭ އާމްދަނީ ދެގުނަ ކުރުމަށް ހަމަޖައްސާފައިވާ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އުއްމީދަކީ ކޮންގްރެސް ފެށުމުގެ ކުރިން އެ އަދަދު 100 އަށްވުރެ މަތިވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އިންވެސްޓްމެންޓް ފޯރަމުގައި އަޅުގަނޑުމެން މި ބަލަނީ ރާއްޖޭގެ ވިޔަފާރިވެރިންނާއި އަދި، ރާއްޖެއިން ބޭރުގެ ވިޔަފާރިވެރިންގެ މެދުގައި ރާއްޖޭގެ ކައުންސިލްތަކުން ހިންގަން މި ގަސްދުކުރާ ޕްރޮޖެކްޓުތަކަށް އެ ބޭފުޅުންގެ ޝައުގުވެރިކަން ހުރި މިންވަރަކާއި އެ ބޭފުޅުންގެ ބައިވެރިވުމެއް ލިބޭނެ ގޮތަށް އެކަންކަން ކުރިއަށް ގެންދިޔުމަށް،" ޝިފާޒް ވިދާޅުވި އެވެ.

ކޮންމެ ފަސް އަހަރަކުން އެއްފަހަރު ބާއްވަން އެމްޑީޕީގެ އަސާސީ ގަވާއިދު ލާޒިމުކުރާ ކޮންގްރެސްއަށް މި ފަހަރު އެ ޕާޓީން ދީފައިވާ ނަމަކީ ރަށްވެހި އުފެއްދުމެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު