ޚަބަރު
ބޮޑު ފިނޮޅުން ހައްޔަރު ކުރި ބިދޭސީން ދޫކޮށްލައިފި
ބ. ބޮޑުފިނޮޅުގައި މިދިޔަ މަހުގެ ތެރޭގައި ހިންގި ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި ބިދޭސީން ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

އެ މީހުން ދޫކޮށްލާފައި ވަނީ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުންނެވެ.

މުސާރަނުދީ ގިނަ ދުވަސްވުމުގެ ސަބަބުން ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއްވަނީ މިދިޔަ މަހުގެ ތިންވަނަ ދުވަހު ހަމަނުޖެހުން ހިންގާ އެކަން ހުއްޓުވަންދިޔަ ފުލުހުންނާ ކުރިމަތިލާފައެވެ. އަދި އެ ރަށުގައި ތިބި ދިވެހިންތަކެއްވެސް ވަނީ ރަހީނުކޮށްފަ އެވެ.

މި މައްސަލައާއި ގުޅިގެން 19 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ދެ ފަހަރެއްގެ މަތިން ވަނީ އެ މީހުންގެ ބަންދަށް މުއްދަތު ޖަހާފަ އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ ބިދޭސީން ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ ބިދޭސީން އިމިގްރޭޝަނާއި ހަވާލު ކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދާ މީހުންގެ ހަތަރު މަސް ދުވަހުގެ މުސާރަ ކޮވިޑް19 އާ ގުޅިގެން ނުދެވިވާ ކަމަށް އެތަނުގައި މަސައްކަތް ކުރަމުންދާ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

ބޮޑުފިނޮޅުގައި ތިބި 179 ބިދޭސީން މިހާރު އެރަށުން ބާލާފައިވާއިރު، މިހާރު އެ މީހުން ތިބީ އިމިގްެރޭޝަންގެ ބެލުމުގެ ދަށުގައި ހުޅުމާލޭގައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު