ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ދާއިރާގެ ވޯޓުން މެންބަރުން ވަކި ކުރެވޭ އިސްލާހު އަނބުރާ ގެންގޮސްފި
ހަސަން ހަލީމް
07 މެއި 2024 - 11:05
0
comments
Tweet
Telegram
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުގައި ބަހައްޓަން ނުފެންނަ ކަމަށް އެ ދާއިރާގެ ރައްޔިތުން ވޯޓު ދީފި ނަމަ، ވަކި ކުރެވޭ ގޮތް ހަދަން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފި އެވެ.
ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތަކުގެ ބިލް މަޖިލީހަށް ތައާރަފްކޮށް ފުރަތަމަ ކިޔުން އިއްވީ މިދިޔަ އޭޕްރީލް 23 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާ ގައެވެ.
އެކަމަކު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ ހަސަން ހުށަހެޅުއްވި އިސްލާހުތައް އިއްޔެގެ ވަގުތެއްގައި އޭނާ އަނބުރާ ގެންދަވާފައިވާ ކަމަށް އިއުލާން ކުރައްވާފަ އެވެ.
މިއިސްލާހުތައް އަނބުރާ ގެންދެވި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވަނީ މެންބަރުން އަނބުރާ ގެންދަވާފައިވާ އިތުރު އިސްލާހުތައް ވެސް ވިދާޅުވެފަ އެވެ.
އޭގެ ތެރޭގައި މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ގާނޫނުއަސާސީ އަށް ހުށަހަޅުއްވާފައިވާ އިސްލާހަކާއި އިލެކްޝަންސް ކޮމިޝަނަށް މެންބަރުން ހޯދުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތަށް ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ހުށަހަޅާފައިވާ އިސްލާހެއް ވެސް އެ ދެ މެންބަރުން އަނބުރާ ގެންދަވާފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
މިހާރު މި ހިނގަނީ 19 ވަނަ މަޖިލީހުގެ ފަހު ޖަލްސާތަކެވެ. މަޖިލީހުން ނިންމާފައި ވަނީ އެންމެ ފަހު ޖަލްސާ އަންނަ ހޯމަ ދުވަހު ބޭއްވުމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 އަހަރު ކުރިން
0
ހަސަން ލަތީފް ޑިމޮކްރެޓްސްގެ ރައީސް ކަމުން އިސްތިއުފާ ދެއްވައިފި
2 އަހަރު ކުރިން
0
އަންނަ އަހަރަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގެ ބަހުސް ނިންމާލައިފި
2 އަހަރު ކުރިން
0
މެންބަރަކު ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަނީ
2 އަހަރު ކުރިން
0
ޕާޓީ ބަދަލުކޮށްފިނަމަ އިސްތިއުފާ ދޭންޖެހޭ ގާނޫނުގެ މާއްދާތަކެއް ބާތިލްކުރަން ހައި ކޯޓަށް
ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ވޯލްޑްކަޕް ބެލޭގޮތަށް ބޮޑު ސްކްރީންތަކެއް ބަހައްޓައިފި
2 ގަޑިއިރު ކުރިން
0
އޮޕަރޭޝަނެއްގައި އުޅެނިކޮށް ނިޔާވި އާސިފަށް މަގާމުގެ ކުރިއެރުން ދީފި
2 ގަޑިއިރު ކުރިން
0
ތިކިތައް ހުރި ވޯޓުތައް ބާތިލެއް ނޫން: ސުޕްރީމް ކޯޓް
2 ގަޑިއިރު ކުރިން
0
ސޯބެ ހުވާކުރުމުގެ ރަސްމިއްޔާތު ހޯމަ ދުވަހު ބާއްވަނީ
4 ގަޑިއިރު ކުރިން
0