
ހަސަން ލަތީފް ވަނީ ޑިމޮކްރެޓްސްގެ ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގެ މެންބަރުން އޭނާއަށް ދެެއްވި އެއްބާރުލުން ފާހަގަކުރައްވާ އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ."އަޅުގަނޑަށް މިވަގުތު ޕާޓީގެ ރައީސްގެ މަގާމުގައި ހުރެވެން ނެތުމުން އެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ވާހަކަ ދަންނަވަން. ޝުކުރިއްޔާ،" އޭނާ ވިދާޅުވި އެވެ.ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުން ހަސަން އިސްތިއުފާ ދެއްވިއިރު، އޭނާ އިދިކޮޅު އެމްޑީޕީއާ ގުޅިވަޑައިގަންނަވާ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ.ޑިމޮކްރެޓްސްގެ އިސް ބޭފުޅުންތަކެއް ރޭ ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އޭގެތެރޭގައި ހިމެނެނީ އެ ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒު އާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ އާޒިމް އެވެ.މައުލޫމާތު ލިބޭ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ޑިމޮކްރެޓްސްގެ ކުރީ ސަފުގައި މަސައްކަތްކުރައްވާ އެހެން ބައެއް ބޭފުޅުންވެސް އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެ އެވެ.