
އިއްޔެ ހެދުުނު 10:00 އިން ހަވީރު 04:00 އަށް ޑިމޮކްރެޓްސްގެ ފުރަތަމަ އިންތިޚާބުގެ ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ ވަނީ އިއުލާނު ކޮށްފައެވެ.ވަގުތީ ނަތީޖާ އިއުލާނު ކުރަން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، މާލެ އާއި ރަށްރަށުގައި އިއްޔެ ކުރިއަށް ގެންދިޔަ އިންތިހާބުގައި ޕާޓީގެ ރައީސް ހޮވުމަށް ވޯޓު ލާފައިވަނީ ޖުމްލަ 3029 މެންބަރުން ކަމަށެވެ. އެ އިންތިހާބުގައި 5،883 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ.މިރޭ އިއުލާންކުރި ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ހަސަން ލަތީފަށް ވަނީ 1،704 ވޯޓް ލިބިވަޑައިގެންފަ އެވެ. ހަސަންއާ ވާދަކުރެއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އަށް ލިބިވަޑައިގެންފައިވަނީ 1،300 ވޯޓެވެ.އެގޮތުން، ޕާޓީގެ ނައިބު ރައީސް (އަންހެން) ގެ މަގާމަށް ހޮވުނީ އައިޝަތު އަލައިކާ އަދުނާނެވެ. ޕާޓީގެ ނައިބު ރައީސް (ޔޫތު) ގެ މަގާމަށް ހޮވުނީ ހަސަން ފިރުޝާނެވެ. ޕާޓީގެ އަންހެން ލީޑަރެއްގެ ގޮތުގައި ހުވުނީ ފާތުމަތު ހަމްދާ އެވެ. ޑިމޮކްރެޓްސްގެ ޒުވާނުންގެ ރައީސަކަށް ހޮވުނީ މުހައްމަދު މާސިހު އެވެ. މިރޭ އާޒިމް އިއުލާނުކުރެއްވީ މި މަގާމުތަކުގެ ނަތީޖާ އެކަންޏެވެ. ވިދާޅުވީ ދެން ހުރި މަގާމުތަކާއި ވަކި ރަށްތަކުގެ ނަތީޖާތައް ޕާޓީން އިއުލާނުކުރަމުންދާނެ ކަމަށެވެ.