ޚަބަރު
ކައުންސިލް އިންތިހާބުގައި ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން ވާދަކުރަން ހުޅުވާލައިފި
އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަދި އަންހެނުންގެ ތަރައްގީއަށް، މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި 2026 ގައި ވާދަކުރަށްވަން ބޭނުންވާ ޑިމޮކްރެޓްސްގެ މެމްބަރުންނަށް ފުރުސަތު ހުޅުވާލައިފިއެވެ.'

ޑިމޮކްރަޓްސް ޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ ކަައުންސިލް އިންތިހާބުގައި ވާދަކުރުމާ ގުޅޭގޮތުން އެ ޕާޓީގެ އިންޓެރިމް ކޮމިޓީން އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށްފައިވާ ކަމަށެވެ.


ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ޑިމޮކްރެޓްސްގެ މެމްބަރުންނަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތާއި ޕާޓީން އިދާރީ ގޮތުން ކޮށްދޭންޖެހޭ ކަންކަމާ ބެހޭގޮތުން މައުލޫމާތު ހޯދައި، އެކަމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުން، އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް ކެންޑިޑެސީ ހުށަހެޅުމަށްފަހު އެ ޕާޓީގެ ނަން އިހްތިޔާރު ކުރުމުން އެ ކެންޑިޑޭޓަކު އެ ޕާޓީން އެންޑޯޒްކޮށްދޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ. 

އިލެކްޝަންސް ކޮމިޝަނުން ކައުންސިލް އިންތިހާބުގައި ވާދަކުރަން ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އެކަމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވާނީ 1 ފެބްރުއަރީގަ އެވެ.

ދަ ޑިމޮކްރެޓްސްއަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު އެމްޑީޕީގެ ލީޑަޝިޕްގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދި، އެ ޕާޓީ ދޫކޮށް ދިޔަ މެމްބަރުން ޖުލައި 2023ގައި އުފެއްދި ޕާޓީއެކެވެ.

ނަމަވެސް މައްސަލަތައް ހައްލުކުރުމަށްފަހު ޑިމޮކްރެޓްސްގައި އިސްކޮށް އުޅުނު ހުރިހާ މެމްބަރުން ކަހަލަ ގޮތަކަށް މިދިޔަ އަހަރު އަލުން އެމްޑީޕީއާ ވަނީ ގުޅިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު