
ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ގާނޫނު އަސާސީއަކީ ވަކިގޮތަށް އެކުލަވާލެވިފައި، ރައީސް ބާރާއި ރައްޔިތުންގެ ބާރާއި މުއައްސަސާތަކުގެ ބާރުތައް ރުކުރުވާލާފައި ހުރީ ވަކި ހަމަތަކެއްގެ މަތިން ވަކި ކަންތައްތަކެއް ތަންފީޒުކޮށް، ވަކި ބަޔަކަށް ފާރިވެރިވުމަށް ކަމަށެވެ. ނަމަވެސް މި ހުރިހާ ކަމެއް ބޮލާލާ ޖަހާލުމަށްފަހު ރައީސް މުއިއްޒު މިއަދު ހުންނެވީ ހުރިހާ ބާރުތަކެއް އަތައް ކަހާލައިގެން ކަމަށް ޔާމީން ވިދާޅުވި އެވެ."މިހާރު މިއޮތް ވަރުން އެނގޭތޯ، ހަމަ މީނާ (ރައީސް މުޢިއްޒު) އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުން، ނޫނިއްޔާ މީނާ އަޒުލު ކުރުން، އަޒުލު ކުރުން ނޫން ގޮތެއް ނެތޭ އިނގޭތޯ. މީނާ ހުންނަވައިގެން ރައްޔިތުންނަށް ހަމަ އެއްވެސް ކަމެއް ފައިދާވާ ތަނެއް ނުފެނޭ. މުޅި ނިޒާމު ކިލަނބުކޮށްލައިފި،" ޔާމީން ވިދާޅުވި އެވެ.ރައީސް މުއިއްޒުގެ ވެރިކަން މިއަހަރު ނިމުމުގެ ކުރިން ބަދަލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވިދާޅުވެފައިވެ އެވެ.