ޚަބަރު
ދެން ފެންނާނީ މަސައްކަތުގެ ސްޕީޑް ބާރުވާތަން: ރައީސް
ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކުގައި ދެން ފެންނާނީ މަސައްކަތްތަކުގެ ސްޕީޑް ބާރުވާ މަންޒަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ ދ.މީދޫގައި ރޭ ކުރިއަށްގެންދިޔަ ޕީއެންސީގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވުމާއި އަދި އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު ހޯދުމާއި ރާއްޖެ ގެނައުމުގައި ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ގޮންޖެހުން ސަރުކާރަށާއި އަމިއްލަ ވިޔަފާރިތަކަށްވެސް ކުރިމަތިވި ކަމަށެވެ. 

"މިހާރު ސޮއި ކުރެވިފައި ހުރި މަޝްރޫއުތަކާއި މި އަހަރު އަލަށް ސޮއި ކުރަން ހުރި މަޝްރޫއުތަކާއި އަދި އަންނަ އަހަރު އަޅުގަނޑުމެންގެ ވައުދުތައް ފުއްދުމަށް ދެން ސޮއި ކުރަން ހުރި މަޝްރޫއުތައް އެއްކޮށްލާއިރު ޖުމްލަ 2645 މަޝްރޫއު ހިމެނޭ،" ރައީސް ވިދާޅުވި އެވެ.

މަޝްރޫއުތައް ތަރުތީބުކޮށްފައިވަނީ ޕްލޭނެއްގެ ދަށުން ކޮންމެ މަހަކު ނިންމާނެ މަޝްރޫއުތަކާއި އިސްކަންދީ، ދަރަނިތައް ދައްކަމުން، ކޭޝްފްލޯ މެނޭޖްކުރެވޭނެ ފަދަ ތާވަލެއްގެ ދަށުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ގައުމުގެ ސިޔާސީ އަދި ފިކުރީ މިސްރާބާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ރައްޔިތުންގެ ކުރިމަތީގައި އޮތީ މައިގަނޑު ދެ މަގެއް ކަމަށެވެ. 

ރައީސް ވިދާޅުވީ މި ސަރުކާރުން ކަންކަން ކުރަމުންދަނީ ޕްލޭނެއްގެ ތެރެއިންކަމަށާއި، އެ ޕްލޭނުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމާއެކު، ބަޖެޓުތަކުގެ ޑެފިސިޓުވެސް ދެމެހެއްޓެނެވި މިންގަނޑުތަކެއްގެ ތެރޭގައި ހިފަހެއްޓުން ކަމަށެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު