
ޑިމޮކްރެޓްސްގެ ރައީީސް ޙަސަން، ސޯޝަލް މީޑިއާގައި ކުރެއްޓި ޕޯސްޓެއްގައި ވިދާޅުވީ އާޒިމަށް މޭޔަރުގެ މަޤާމު ކާމިޔާބު ކުރެވުނަސް އޭނަ އެމްޑީޕީގައި ހުންނަވާނެ ކަމަށް ބެލުމަކީ މޮޔަކަމެއް ކަމަށެވެ.އޭނާ ވިދާޅުވި ގޮތުގައި އާޒިމްގެ ގުޅުންތައް ވެސް ހުރީ އޭނާގެ ބޭބެ ކާނަލް މުޙައްމަދު ނާޒިމާ އެއްގޮތަށް ސަރުކާރާ އެކީގައެވެ. އެމްއެންޕީގެ ރައީސް ނާޒިމް އަކީ ޕީއެންސީ/ޕީޕީއެމްގެ ކޯލިޝަން ބައިވެރިއެކެވެ."އޭނަ ސޮއިކުރީ މޭޔަރުގެ ޓިކެޓް ބޭނުންވެގެން." އެމްޑީޕީގެ 13 މަޖިލިސް މެންބަރަކު ޕީއެންސީއާ ގުޅިވަޑައިގެންފައިވާތީ އެކަމާ ގުޅުވައި ހަސަން ވިދާޅުވި އެވެ.އަންނަ މަހުގެ 13 ގައި ބާއްވާ މަޖިލިސް އިންތިހާބުގައި އާޒިމާ އެކީ ހަތަރު ބޭފުޅަކު ވާދަކުރައްވަ އެވެ. އެއީ ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ އެޓާނީ ޖެނެރަލް އާޒިމާ ޝަކޫރާއި ޑިމޮކްރެކްޓްސްގެ ޓިކެޓްގައި ވާދަކުރައްވާ ސައިފް ފާތިހާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުގެ އިތުރުން ޝުއައިބް އަލީ (ފުރަހަނި) އެވެ.