ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ފަތުރުވެރިކަމުގެ ސިނާޢަތުގެ ހަޤީޤީ ނަފާ ދިވެހިންނަށް ލިބޭނީ މަތީ މަޤާމުތަކަށް ދިވެހިން ގެނެސްގެން: މައުސޫމް
އިސްމާއިލް ރިޒާ
27 ސެޕްޓެމްބަރ 2020 - 22:57
0
comments
ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުޞޫމް
Tweet
Telegram
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހަޤީޤީ ނަފާ ދިވެހިންނަށް ލިބޭނީ މިސިނާޢަތުގެ މަތީ މަޤާމުތަކަށް ދިވެހިން ގެނެސްގެންކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ތައާރަފުކުރި ބޯޑާ މައިލްސް ޕްރޮގްރާމު އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހަޤީޤީ ނަފާ ދިވެހިންނަށް ލިބޭނީ ސިނާޢަތުގެ މަތީ މަޤާމުތަކަށް ދިވެހިން ގެނެސްގެންކަމަށާއި، ސިނާޢަތާއި ގުޅިލާމެހިފައިވާ އިތުރު ދާއިރާތައްވެސް ފުޅާކޮށްގެންކަމަށް މިނިސްޓަރ މަޢުޞޫމް ވިދާޅުވިއެވެ.
"ފަތުރުވެރިކަމުގެ މަންފާ ރައްޔިތުންނަށް އެންމެ ބޮޑަށް ލިބިގެންދާނީ ގިނަ ދިވެހިން ފަތުރުވެރިކަމުގެ ވެރިންނަށް ވެގެން. ރަށްރަށުގެ ކުދި ހޮޓާތަކާއި ގެސްޓް ހައުސްތައް އަދި ރާއްޖޭގެ އެހެން ޓޫރިސްޓް ޚިދުމަތްދޭ ތަންތަން ފައިދާއެއް ލިބޭގޮތަށް ހިންގައިގަނެގެން. ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން އަދާކުރާ ހިތް ވާ ބޮޑެތި މުސާރަ ލިބޭ ވަޒީފާތައް ދިވެހިންނަށް ލިބިގެން. ފަތުރުވެރިކަމުގެ ސިނާޢަތުގައި އަންހެނުންގެ ހިއްސާ އިތުރުކޮށްގެން. ދަނޑުވެރިންނާއި މަސްވެރިންނާއި ފަންނުވެރިންނާއި ފަންނާނުންގެ ބައިވެރިވުން އިންޑަސްޓްރީގައި އޮތުމަށް ޖާގަ ލިބިގެން. އަޅުގަނޑުމެން ކަންކަން ބައްޓަންކުރާނީ މި ކަންތައްތައް ޙާޞިލުކުރުމަށް" މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި މަހު ބޯޑަރު ހުޅުވަން ނިންމާލުމަކީ ރައީސް ސޯލިހު ނިންމެވި ވަރަށް ހިތްވަރުގަދަ މުހިއްމު ނިންމެވުމެއް ކަމަށެވެ.
"ރާއްޖޭގެ އިގްތިސޯދެއް ނެތްއިރު ފަތުރުވެރިކަމުގެ ސިނާއަތުގެ އެހީގައި އިގްތިސޯދު ކުރިއަށް ގެންދިޔުމަށް ނިންމެވި ނިންމެވުމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބޯޑަރު ހުޅުވާލިިއިރު އެންމެ އިސްކަމެއް ދިނީ ރައްޔިތުންނާއި މުވައްޒަފުން އަދި ފަތުރުވެރިންގެ ރައްކާތެރިކަމަށް ކަމަށެވެ.
ކޮވިޑުގެ ސަބަބުން 2020 ވަނަ އަހަރު ފަތުރުވެރިކަމަށް ބޮޑު ލޮޅުމެއް އައި ނަމަވެސް އަންނަ އަހަރަކީ މި ސިނާއަތް ކުރިއަރާނެއް އަހަރަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޤައުމުގެ އިޤްތިޞާދު ހިނގައިގަތުމަށް ކުރާ މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބެމުންދާކަމަށާ، 2021 ވަަނަ އަހަރާ ރާއްޖެއިން ކުރިމަތިލާނީ ކުރިއެރުންތަކަކާއެކު ކަމަށާއި، އިތުރު ކާމިޔާބީތަކެއް ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އިމިގްރޭޝަނުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވިތާ ދެ މަސްތެރޭ 13،500 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
ބޯޑާ މައިލްސް އަކީ އިމިގްރޭޝަންގެ އިސްނެގުމާއެކު ޓޫރިޒަމް މިނިސްޓްރީ އާއި ސްޓޭކް ހޯލްޑަރުން ގުޅިގެން ފެށި ޕްރޮގްރާމެކެވެ. މިއީ ރާއްޖެ އިޝްތިހާރުކޮށް ރިޕީޓް ފަތުރުވެރިން އިތުރުކުރުމަށާއި ކޮވިޑުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ފެށި ޕްރޮގްރާމެކެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
15 ދުވަސް ކުރިން
0
ރާއްޖެއަށް ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
18 ދުވަސް ކުރިން
0
ކްރޫޒްލައިނާ އައިޑަބެލާ: 2100އަށް ވުރެ ގިނަ ފަތުރުވެރިންނާއިއެކު ރާއްޖޭގައި
23 ދުވަސް ކުރިން
0
ކެލާގައި ރިސޯޓެއް ހަދަން އެއްބަސްވުމެއް
24 ދުވަސް ކުރިން
0
ތިން މަހުން ހަ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ތުރުކީއަށް 214 ބާވަތަކުން ސުން ޕަސަންޓުގައި އެކްސްޕޯޓް ކުރެވޭ ގޮތް ހަދަނީ
5 ގަޑިއިރު ކުރިން
0
ވަގު ސިމް ހުއްޓުވަން ޑީއެންއާރާއިި ދިރާގުން އެއްބަސްވުމަކަށް
6 ގަޑިއިރު ކުރިން
0
ވަޒީރުންނާ ސުވާލުކުރެވޭ އަހާ ފޯރަމް ހޯމަ ދުވަހުގެ ރޭ ބާއްވަނީ
6 ގަޑިއިރު ކުރިން
0
ހަދިޔާފޮށިން އިނާމު ލިބުނު ފަރާތްތަކާ އިނާމު ހަވާލުކޮށްފި
14 ގަޑިއިރު ކުރިން
0