ޚަބަރު
އެމްޑީޕީ ކެންޑިޑޭޓުންނާއެކު އައްޑޫ ސިޓީ ދާނީ މުޅި ދުނިޔެއަށް ހުޅުވިގެން: ރައީސް ނަޝީދު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު އައްޑޫ ސިޓީ މުޅީ ދުނިޔެއަށް ހުޅުވިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ އައްޑޫ ސިޓީގެ މޭޔަރަކަށް އިންތިހާބުވެއްޖެނަމަ މިހާރު އިމާރާތް ކުރަމުންދާ ޕޮލިސް އެކެޑެމީ ހޮޓަލަކަށް ބަދަލުކުރައްވާނެ ކަމަށް އައްޑޫގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރާ މުހައްމަދު ލަތީފު ވިދާޅުވުމާއި ގުޅިގެންނެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އައްޑޫ ސިޓީގައި އިމާރާތް ކޮށްފައިވާ ޕޮލިސް އެކެޑަމީގެ ބިން ބޭނުން ކޮށްފައި ވަނީ އެއްވެސް ވަރަކަށް ނުވިސްނާ ކަމަށެވެ. މިހާރު އެތަނަކީ މަތީ ތައުލީމު އިންސްޓްޓިއުޓެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެމްޑީޕީ މޭޔަރު ކެންޑިޑޭޓާއި ކައުންސިލު ކެންޑިޑޭޓުންނާއެކު އައްޑޫ ސިޓީ ދާނީ މުޅި ދުނިޔެއަށް ހުޅުވިގެން" ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދުގެ އެ ޓްވީޓް ރީޓްވީޓް ކުރައްވާ އެމްޑީޕީގެ ޓިކެޓްގައި އައްޑޫ މޭޔަރުކަމަށް ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވީ، މިއަށްވުރެ ބޮޑު އުއްމީދެއް އައްޑޫ ރައްޔިތުންނަށް ލިބި ނުދާނެ ކަމަށެވެ.

"ރައީސް ސާލިހާއި އަދި ރައީސް ނަޝީދު އައްޑޫ ރައްޔިތުން ބާކީ ކޮށެއް ނުލާނެ". ނިޒާރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު