ޚަބަރު
ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަޤާމަށް އަދުނާން
އެންލިސްޓެޑް ސިފައިންގެ އެންމެ އިސް މަގާމު ކަމުގައިވާ ސާޖަންޓް މޭޖާ އޮފް އެމްއެންޑީއެފްގެ މަގާމަށް ކޮމާންޑް ސާޖަންޓް މޭޖާ އަދުނާން އަލީ ހަމަޖައްސަވައިފި އެވެ.

ބަންޑާރަކޮށީގައި މިއަދު މެންދުރުފަހު ބޭއްވި ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަޤާމުގެ ޒިންމާ ބަދަލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ މަޤާމު ހަވާލުކުރި ކަމުގެ ލިޔުން ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން ޢަލީއަށް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއެވެ.

ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަޤާމުގެ ޒިންމާ ބަދަލުކުރުމުގެ ގޮތުން ދެވޭ ސިލޭހަ ހަވާލުކުރައްވާފައިވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.

މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ޒޫމް މެދުވެރިކޮށް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ.

މި ރަސްމިއްޔާތުގައި ސާޖަންޓް މޭޖާ އޮފް އެމްއެންޑީއެފްގެ މަގާމުގެ ޒިންމާ ކުރިން އަދާކުރެއްވި ސާޖަންޓް މޭޖާ އަހްމަދު ޢަބްދުﷲ އަށް ހިދުމަތުގެ އައްޑަނަ ވަނީ ހަވާލުކޮށްފައެވެ. ހިދުމަތުގެ އައްޑަނަ ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު